ads
އެމެރިކާގެ އެމްކިއު9 ޑްރޯންއެއް
ޔަމަނުން އެމެރިކާގެ އެމްކިއު9 ރީޕާ ޑްރޯންއެއް ވައްޓާލައިފި
ޔަމަނުން އެމެރިކާގެ އެމްކިއު9 ރީޕާ ޑްރޯންއެއް ވައްޓާލައިފި އެވެ.

ޔަމަނުން ބުނީ ޔަމަނުގެ ވައިގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ޖާސޫސުކުރަމުން ދިޔަ އެމެރިކާގެ އެމްކިއު9 މަރުކާގެ ޑްރޯންއެއް އެގައުމުގެ ވައިގެ ދިފާއީބާރުތަކުން ވައްޓާލައިފައިވާ ކަމަށެވެ.

ޔަމަނުން ބުނީ އެމެރިކާގެ ޑްރޯން މަަަސައްކަތްކުރަމުން ދިޔާއީ އިޒްރޭލުން ހިންގާ އަސްކަރީ ހަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުންނެވެ.

ޔަމަނުން ބުނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ޔަމަނުން ކުރަމުން އަންނަ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. 

 ގައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލަނީސް ޔަމަނުގެ އަސްކަރިއްޔާއިން އިޒްރޭލަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނެކަމަށް ޔަމަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޔަމަނުން އަންނަނީ ތަކުރާރުކޮށް އިޒްރޭލަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދެމުންނެވެ.

ނަމަވެސް ބައެއް މިސައިލްތައް އިޒްރޭލާއި ހަމަޔަށް ނުފޯރަނީސް ސައުދީ އަރަބިއްޔާ، ޖޯޑަން އަދި އެމެރިކާއިން އަންނަނީ ހުއްޓުވަމުންނެވެ.

91%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް