ads
އައިޔޫއެމް---ފޮޓޯ:ރައީސް އޮފީސް
އައިޔޫއެމްގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވައިލައިފި
އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ 2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވައިލައިފިއެވެ.

އެ ޔުނިވާސިޓީން ވަނީ މިއަދު 57 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ.

ޑިސެންބަރު 31 ވަނަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށް ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެއެވެ.  

އައިޔޫއެމްއިން ފުރުސަތު ހުޅުވައިލި ކޯސްތަކުގެ ތެރޭގައި މާސްޓާސް ލެވެލްގެ 13 ކޯސް، ޕޯސްޓްގްރެޖުއޭޓް 1 ކޯސް، ބެޗްލާސް ލެވެލްގެ 13 ކޯސް، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯސް އަދި ޑިޕްލޮމާގެ 10 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ޖުމްލަ 17 ކޯހަކަށެވެ.

އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިގްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

އައި.ޔޫ.އެމްގެ ކޯސްތައް، މާލޭ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އަދި އައްޑޫ ސިޓީ މީދޫ ލާނިން ސެންޓަރުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 28 ޖެނުއަރީ 2024 ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް