ads
އެފްޑީސީގެ އަމާން އުދަރެސްގެ ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުން މާދަމާރެ އާ ހަމައަށް ވަނީ އިތުރުކޮށްފައި - ފޮޓޯ:ސީއެންއެމް
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުން މާދަމާރެ އާ ހަމައަށް އިތުރުކޮށްފި
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރުމަށް ސަރުކާރުން ނިންމި 4,000 ފްލެޓުގެ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް ދޫކުރާ 4،000 މީހުންނަށް ޕޮއިންޓު އުސޫލުން ފްލެޓު ދިނުމާ ގުޅިގެން އެ މައްސަލަ ބޮޑުވުމާ އެކު ޕްލޭނިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕްލޭނިން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ހުޅުވާލީ މިއަދުގެ ނިޔަލަށް ނަމަވެސް އެ މުއްދަތު މާދަމާ ރޭގެ 23:59 އާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރުމަށް ނިންމާފައިވާ 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އޭގެ އިތުރުން ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތަށް ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވި އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށެވެ.

ހިނގަމުންދާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރުމާ ގުޅިގެން ގިނަ ބަޔަކު ބުނެފައި ވަނީ އެ ލިސްޓަކީ އިންސާފުން ބޭރުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. އެ ޝަކުވާތަކާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޝަކުވާތައް ނުބަލައި 4،000 ފްލެޓު ލިބޭކަމުގެ ރަޖިސްޓްރީ އެއްވެސް މީހަކަށް ހަވާލު ނުކުރުމަށް ހައުސިން މިނިސްޓްރީއަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް