ads
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނުގެ ސަރުކާރުގެ 458 ޕްރޮޖެކްޓެއް ވަނީ ހިމަނާފައި - ފޮޓޯ:އިންތިހާބީ ރައީސްގެ އޮފީސް
ވެރިކަމުގެ ފޮނިކަން ލިބޭނީ ރައްުޔިތުން ސަރުކާރާ ގުޅިގެން މަސައްކަތްކޮށްގެން: މުއިއްޒު
ޖުމްހޫރި ވެރިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެންކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަށް ހަމަޖެހުން ބޭނުންވާކަމަށާއި ގައުމުގެ ހަމަޖެހުމަށް އެންމެން އެކަތިގަނޑަކަށްވާނެޖެހޭކަމަށެވެ.

"ޖުމްހޫރި ވެރިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރު ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން،" -މުއިއްޒު-

ގައުމުކުރިއަށް ގެންދިއުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ދިވެހިރާއްޖެ މިއަދާ ހަމައަށް އާއިރު އަދި ރާއްޖޭގައި މި އޮތް ޖުމްހޫރީ ނިޒާމް މިއަދާ ހަމައަށް ގެނެސް ދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި ހުރިހާ ކެބިނެޓެއްގައި ހިމެނި ވަޑައިގެންނެވި ވަޒީރުންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާ އެފަދައިން ދިވެހިރާއްޖެ މިހިސާބަށް ގެނެސް ދިނުމުގައި / ޖުމްހޫރީ ވެރިކަން މިހިުސާބަށް ގެނައުމުގެ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުނަންށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ޝުކުރު ދަންނަވާ ކަމަށެވެ.

މިއަދަކީ ޖުމްހޫރީ ދުވަސް ނަމަވެސް ޑރ. މުއިއްޒު ހުވާކުރައްވާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ކެންސަލް ކުރުމުން އެ އަހަރު އަލުން ވޯޓުނަގަން ޖެހުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް