ads
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަތުގައި ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވަނީ: ވިދާޅުވީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލު މިއަދު ފެންނާނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް
އަސާސީ ހިދުމަތް ދިނުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލު ފެންނާނެ: ރައީސް
މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ހަމަހަމަކަމާ އެކު ގާއިމުކުރުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެ ކަމަށާއި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު ވަނީ ލިބެން ފަށާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.

ދިވެހި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ތަފާތުކުރުމެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތައާރަފުކުރީ ދަރިންގެ ތައުލީމާއި ރައްޔިތުންގެ ސިއްހީ ހިދުމަތްތައް ފުރިހަމަނުވެ، ޖުމްހޫރިއްޔަތު ސާބިތު ނުވާނެތީ ކަމަށެވެ.

މި ސަރުކާރުން މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފައިވާ ކަމުގަ އެވެ. އަދި މި ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ޖުޑީޝަރީ އާއި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ދެން ތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށައަޅާފައި ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާ އެކު ތަރައްގީ ހޯދުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް