ads
ސީއެޗްއެސްސީ ދަރިވަރުން ތަށްޓާއެކު
އިންޓަސްކޫލް ވޮލީ 19 އަހަރުން ދަށް ސީއެޗްއެސްއީއަށް
އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފި އެވެ.
Advertisement

އިންޓަސްކޫލް، 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ތަށި ސީއެޗްއެސްއީ އިންވެސް ހޯދީ ފައިނަލުގައި މ. އަތޮޅު މަދަރުސާ ބަލިކޮށްގެންނެވެ. ސީއެޗްއެސީ އިން ފައިނަލް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ފޯރިގަދަ މި މެޗުގެ ފުރަތަމަ ސެޓު 22-25 އިން ކާމިޔާބުކުރީ މ. މުލީގެ މ. އަތޮޅު މަދަރުސާ އިންނެވެ. ޖެހިގެން އައި ދެ ސެޓު 25-19 އަދި 25-21 އިން ސީއެޗްއެސްއީ އިން ހޯދި ނަމަވެސް މ. އަތޮޅު މަދަރުސާ އިން އިތުރު ހިތްވަރެއްލާ 23-25 އިން ހަތަރު ވަނަ ސެޓު ހޯދި އެވެ. މެޗުގެ ނަތީޖާ ކަނޑައެޅުމަށް ކުޅުނު ސެޓު ސީއެޗްއެސްއީ އިން ގެންދިޔައީ 15-10 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީއެޗްއެސްއީގެ އަހުމަދު ނާވީ އާދަމް އެވެ. ޑްރީމް ޓީމްގައި ހިމެނެނީ ނާވީގެ އިތުރުން، ސީއެޗްއެސްއީގެ މުހައްމަދު ސައިފް އަހުމަދު، އަހުމަދު އައިހަމް އާމިރު، ސުވާލިހު އާދަމް، މުހައްމަދު ފާއިޝް ފަހީމްގެ އިތުރުން މ. އަތޮޅު މަދަރުސާގެ އަހުމަދު އިމްތިޔާޒު އަފީފް އަދި މުހައްމަދު އިހުސާން އަހުމަދު އެވެ.

ފިރިހެން ބައިގެ އެންމެ މޮޅު ކޯޗަކީ ސީއެޗްއެސްއީގެ ކޯޗު ސަފްވާން އަހުމަދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް