ads
އަޒްނީން
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ރަން މެޑަލް އަޒްނީނަށް
ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފި އެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެކުނު ކޮރެއާގައެވެ. މިއީ 14 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕެވެ.

ދެކުނު ކޮރެއާގެ ވޮންޖޫ ސިޓީގައި ކުރިއަށްދިޔަ މުބާރާތުގައި ދުނިޔޭގެ 60 ގައުމަކުން 600 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި އެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރީ ހަތަރު އެތުލީޓުންނެވެ. މުބާރާތް އޮތީ މިމަހުގެ 6-11 އަށެވެ.

އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފީޒީކްގެ 170 ސެންޓްމީޓަރު ކެޓަގަރީ އިންނެވެ. މިދިޔަ ތިން އަހަރަށް ބަލާއިރު އެންމެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ދިވެހި އެތުލީޓު އަޒްނީން ރަޝާދު ވަނީ މިދިޔަ އަހަރު ހޯދި ރަން މެޑަލް މިފަހަރު ދިފާއުކޮށްފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓުގެ މަގާމު ހޯދި އަޒްނީން ވަނީ މި ކެޓަގަރީ އިން އޭޝިއަން ޗެމްޕިއަންޝިޕާއި، ސައުތު އޭޝިއަން ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށް ރަން މެޑަލް ހޯދާފަ އެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު އަންނަ އަހަރު އޮންނާނީ ރާއްޖޭގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް