ޒުލޭހާގެ ބަނޑުގައި އުފެދިފައިވާ ޓިޔުމަރުގެ ސައިޒް ބޮޑުކަމުންނާއި ޓިޔުމަރުގެ ސައިޒް މިހާރު ހުރި ވަރަށް ބޮޑުކޮށް ހުއްޓައި ސާޖަރީ ހަދައިފި ނަމަ ފުރާނަޔަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެހެންކަމުން ޓިޔުމަރުގެ ސައިޒް ކުޑަ ކުރުމަށްޓަކައި ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ މަތީން ސާޖަރީ ހެދުމުގެ ކުރިން އޭނާއަށް ވަނީ ކީމޯތެރަޕީ ދޭން ފަށާފަ އެވެ.
ތިން ޑޯޒް ކީމޯތެރަޕީ ދިނުމަށް ޑޮކްޓަރުން ދެއްވި އިރުޝާދާ އެއްގޮތަށް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ކީމޯ ދީފައިވަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ކަމަށް ޒުލޭހާގެ ފިރިމީހާ އަބްދުއް ރަޝީދު އަބްދުﷲ ބުންނެވެ.
ފުރަތަމަ ޑޯޒަށް ފަހު އިތުރަށް ދޭން ޖެހޭ ދެ ޑޯޒް ކީމޯތެރަޕީ ހުޅުމާލެ ހޮސްޕިޓަލުން ނެގުމަށްޓަކައި ޒުލޭހާ ރާއްޖެ ގެނެވުނީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ކަމަށް އަބްދުއްރަޝީދު ބުންޏެވެ. އަދި އެ ދެ ޑޯޒުގެ ތެރެއިން އެއް ޑޯޒު މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށާއި ދެން ބާކީ އޮތީ އެންމެފަހު ޑޯޒު ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ކީމޯތެރަޕީ ފުރިހަމަ ކުރުމަށްފަހު ސާޖަރީ ހެދުމަށް ޒުލޭހާ އަލުން ރާއްޖޭން ބޭރަށް ކިތައްމެހާ ވެސް ބޭނުމެވެ. އަދި ސާޖަރީގެ އިތުރުން ކެއުމާއި ހުރުން ފަދަ ކަންކަމަށްވެސް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރަން ޖެހޭނެތީ މިއަދު ޒުލޭހާ އެދެނީ އާއްމުންގެ ދީލަތި އެހީއަަށެވެ.
ޑޮލަރު އެކައުންޓް: 7730000594543
ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް: 7730000594542
އަބްދުއްރަޝީދު އަބްދުﷲ
އިތުރު މައުލޫމާތު ހޯދުމަށް: 9652260