މިބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ލިބިގެންދާނީ އަލަށް ތައާރަޕްކުރި "ޓްރާންސްޕޯޓް އޮންލައިން" އިންނެވެ.
އަލަށް ތައާރަފްކުރި ޓްރާންސްޕޯޓް އޮންލައިން ހިދުމަތްތަކާއެކު އޮންލައިންކޮށް ފޯމު ފުރޭނެއެވެ. އެގޮތުން އެއްގަމު އަދި ކަނޑު އުޅަނދު ރަޖިސްޓްރީއާއި ގުޅޭ ހުރިޙާ ހިދުމަތެއްވެސް އޮންލައިންކޮށް ލިބޭނެގޮތައް ވަނީ ހަމަޖައްސާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޑިޖިޓަލް ލައިސަންސްގެ ހިދުމަތްވެސް ތައާރަފްކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރިީން ބުނީ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުގެ އަމާޒާއި އެއްގޮތަށް ހިދުމަތްތަކަށް ބަދަލުތަކެއްގެނެވި އެކަމުގެ ފަސޭހަ ރައްޔިތުންނަށް މިހާރު ލިބިގެންދާކަމަށެވެ.