ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ
ނަޝީދު އިތުބާރުނެތް މައްސަލަ އަދި ބަޖެޓް ހުށަހެޅުން މާދަމާ ޖަލްސާއަށް އެޖެންޑާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަދި ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް މަޖިލީހުގެ މާދަމާގެ ޖަލްސާތަކަށް އެޖެންޑާކޮށްފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުން މާދަމާ ދެޖަލްސާއެއް ބާއްވަން ނިންމާފައިވެއެވެ.

އެގޮތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރު އެޖެންޑާކޮށްފައި މިވަނީ އެ ގަރާރު ހުށަހަޅާފައިވަނީ ގޯސްކޮށްކަމަށް ނިންމައި މިއަދުގެ ޖަލްސާއިން އެ މައްސަލަ ބޭރުކޮށްފަވަނިކޮށެވެ.

 މާދަމާގެ ޖަލްސާގައި މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ ގަރާރު ތާވަލުކޮށްފައިވަނީ 11:00 ޖަހާއިރު ބާއްވާ ޖަލްސާއަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަގައި މަޖިލިސް ހުއްޓި އޮތުމަށް ފަހު، ސުޕްރީމް ކޯޓުގެ ހުކުމާއެކު ވެސް މައްސަލަ ކުރިއަށް ގެންދާކަށް ރައީސް ނަޝީދުގެ ޕާޓީން ފުރުސަތެއް ނުދިނެވެ. އެ މައްސަލަ މިއަދު މަޖިލީހުން ބޭރުކޮށްފަވަނިކޮށް، ނަޝީދު އެދިވަޑައިގެންނެވީ ބަޖެޓްގެ މަސައްކަތް އެޖެންޑާ ކޮށްދެއްވުމަށެވެ. ނަޝީދު އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުން ވަނީ ބަޖެޓް އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވަނީ މާލީ އަހަރު ފެށުމުގެ ދެ ދެ މަސް ކުރިން ފެށޭ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ. އެގޮތަށް, ބަޖެޓު ހުށަހެޅުމަށް އެޖެންޑާ ކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަނެފައި ނުވާ ކަމަށް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށް މާދަމާ 9 ޖަހާއިރު ޖަލްސާއެއް އެޖެންޑާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް