ads
ބާ ކައުންސިލްގެ ރައީސް ވިޝާމް
ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ގޯތީގެ ލިޔުން ނޮޓަރައިޒް ކޮށްދޭ މައްސަލައެއް
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަަހައްދުން ބަންޑާރަ ގޯތި ހޯދުމަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރާ ބައެއް ވަކީލުން މެދުވެރިވެގެން އޮންލައިން ކޮށް ނޯޓަރައިޒް ކޮށްދޭތީ، އެކަން ނުކުރަން ބާ ކައުންސިލުން އަންގައިފި އެވެ.
Advertisement

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބަންޑާރަ ގޯތި ދޫކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ދަށުން ބިންތަކާ ހަވާލުވާން ހުށަހަޅަން ޖެހޭ ލިއުންތައް ނޯޓަރައިޒް ކުރުމުގައި، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފަށް ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ލިޔެކިއުންތައް އޮންލައިންކޮށް ނޯޓަރައިޒް ކުރަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. 

އެ މައްސަލައަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައިި މަސައްކަތް ކުރުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ މައްސަލައަކަށް ވުމުގެ އިތުރުން ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލައަކަށްވާތީ، ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ފަތާތްތަކުން އެ ހިދުމަތް ދިނުމުގައި ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދިނުމަށް ބާ ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ. 

"އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުގެ އެކި ބޭނުންތަކަށް ލިޔެކިއުންތައް ނޯޓަރައިޒް ކުރުމުގައި އެ ގައުމެއްގެ ޕަބްލިކް ނޯޓަރީއެއްގެ ހިދުމަތް ހޯދުމަށް އޮންނަ އުސޫލުގެ ދަށުން އަމަލުކުރެއްވުމަށް ދަންނަވަމެވެ." ބާ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

ބާ ކައުންސިލުން ބުނީ، ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއިކުރަންވާނީ ޕަބްލިކް ނޯޓަރީގެ ހާޒިރުގައި ކަމަށް ގަވާއިދު ބުނާ ކަމަށެވެ. އަދި އޮންލައިންކޮށް ނޯޓަރީގެ ހިދުމަތް ދެވޭނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ދަތުރުފަތުރު ކުރުން މަނާ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ހިދުމަތަށް އެދޭ ފަރާތާ އެއް ހާޒިރުގައި ނޯޓަރައިޒްކޮށްދެވެން ނެތްނަމަ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް