ads
ރާއްޖޭގެ އިގުތިސޯދު ހަމައަކަށް އަޅުވަން އިސްކަންދޭންވީ ދަރަނި މައްސަލަ ހައްލުކުރަން ކަމަށް އައިއެމްއެފުން ވަނީ ބުނެފައި - ފޮޓޯ:އަވަސް
އިގުތިސޯދު ހަމައަކަށް އަޅުވަން އިސްކަންދޭންވީ ދަރަނި މައްސަލަ ހައްލުކުރަން: އައިއެމްއެފް
ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް އެންމެ ބޮޑު އިސްކަމެއްދޭންވީ ދަރަނި މައްސަލަ ހައްލުކުރަން ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފުން ނެރުނު "އާޓިކަލް ފޯ 2022" ރިޕޯޓުގައި ބުނެފައި ވަނީ ދަރަނީގެ މައްސަލަ ހައްލު ކުރަން ރާއްޖޭން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ހަރަދުތައް ކުޑަ ކުރަން ކަމަށެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓުތައް ހިންގުމުގައި އިސްކަން ދޭން ޖެހޭ ގޮތްތައް އެކުލަވާލާ ޕްލޭނެއްގެ ތެރެއިން ކަންކަން ރޭވުމަށާއި ސަބްސިޑީ ދިނުމުގައި ޓާގެޓު ކުރަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑު-19 އާ ގުޅިގެން ކުރިމަތިވި އިގުތިސޯދީ އުނދަގޫ ހާލަތުން ރާއްޖޭން ވަރަށް އަވަހަށް އަރައިގެންފައި ވާތީ އައިއެމްއެފުން ވަނީ މަރުހަބާ ކިޔާފަ އެވެ. އެހެންނަމަވެސް ރާއްޖޭގެ ފިސްކަލް ހާލަތު މިހާރަށް ވުރެ ރަނގަޅުކުރަން ހާއްސަ އިސްކަމެއް ދޭން ޖެހޭކަން ފާހަގަކޮށް އައިއެމްއެފުން ބުނީ ރާއްޖޭގެ އިގުތިސޯދު ފަތުރުވެރިކަމަށް ބަރޯސާވުން ކުޑަކުރަން ޖެހޭ ކަމަށާއި އެހެން ދާއިރާތަކުން އިގުތިސޯދު ކުރިއަށް ގެންދަން އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް، ކުރާ ހޭދަ ކުޑަ ކުރުމަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ރިޕޯޓުގައިވާ ގޮތުގައި މެދު ރާސްތާގައި ރާއްޖެއަށް އާމްދަނީ ހޯދާނެ ގޮތްތައް ކަނޑައަޅައި، އާ ގޮތްތަކެއް ހޯދުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމުގަ އެވެ.

ރާއްޖޭގެ ފޮރިން އެކްސްޗޭންޖް އިސްލާހު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އައިއެމްއެފުން ވަނީ އެދިފަ އެވެ. އެ ޖަމާއަތުން ބުނީ ރާއްޖޭގެ ރިޒާވަށް ބާރުބޮޑުވުން ކުޑަ ކުރަން ފައިސާ ޗާޕުކުރުން ހުއްޓާލެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް