ads
ވޮލީ އެސޯސިއޭޝަންގެ ރައީސް
ވޮލީ އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި
އަސާސީ ގަވާއިދާ އެއްގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ބާއްވާފައިނުވާތީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް މެންބަރު ކުލަބުތަކުން އެދިއްޖެއެވެ.
Advertisement

މި މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވި، ވޮލީގެ އަހަރީ ކޮންގްރެސްގައި ވަނީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އިންތިޚާބެއް ބޭއްވުމަށް ފާސްކޮށްފައެވެ. މިއަދު މިއީ، އެ އިންތިހާބު ބާއްވަން ޖެހޭ ދުވަހެވެ. ނަމަވެސް މިހާތަނަށްވެސް ވީއޭއެމުގެ އިންތިޚާބުގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.

2021 ވަނަ އަހަރުގެ އޭޕްރީލް މަހު ސްޕޯޓްސް ކޮމިޝަނަރު ވަނީ އަސާސީ ގަވާއިދު 90 ދުވަސްތެރޭގައި އިސްލާހު ކުރަށް ވީއޭއެމަށް އަންގާފަވެ. އެކަމަކު އެ މުއްދަތުގައިވެސް އެކަން ކޮށްފައެއް ނުވެއެވެ. ނތިން އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން އަސާސީ ގާވާއިދު ފާސްކުރިއިރު، މިދިޔަ ތިން އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ބަޖެޓުވެސް ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސްގައި ފާސްކޮށްފައެވެ.

ވޮލީގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، އެ އެސޯސިއޭޝަނުން މިދިޔަ އަހަރުތަކުގައި އަހަރީ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ. އެއާއެކު ލިޔެކިޔުން ހަމަނުވެގެން އުވާލާން އިއުލާންކުރި ޖަމިއްޔާތަކުގެ ތެރޭގައިވެސް ވީއޭއެމް ހިމެނުނެވެ.

އެއާއެކު ވޮލީގެ ބައެއް ކުލަބުތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ ނައިބު ރައީސް އަދި ކޯޗު މުޙައްމަދު ޝަރަފު ވިދާޅުވީ އެ އަސާސީ ގަވާއީދުގެ 56 ވަނަ މާއްދާއަށް ރިއާޔްތް ކުރުމަށްފަހު، މިހާރު އޮންނަން ޖެހޭނީ އެ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް