ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި އަމީރު: ވިދާޅުވީ އަންނަ އަހަރުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓް ކުރެވޭނެ ކަމަށް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ފައިސާ ޗާޕުނުކޮށް އަންނަ އަހަރު ހަރަދުތައް ކުރެވޭނެ: އަމީރު
އަންނަ އަހަރުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލިހުގައި މިއަދު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖެއްސި 4.4 ބިލިއަން ރުފިޔާގެ އޯވާޑްރާފްޓް ފެސިލިޓީގެ ބައެއް ދެ ފަހަރެއްގެ މަތިން ސެކިއުރިޓައިޒްކޮށް، އޯވާޑްރާފްޓް ލިމިޓް މި އަހަރު ދެ ބިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައި ކަމަށެވެ.

"މި އަހަރު ނިމޭއިރު މި ފެސިލިޓީގައި އޯވަޑްރާފްޓްކޮށްފައިވާ އަދަދު ސެކިއުރިޓައިޒްކޮށްފައި، އަނބުރާ އިއާދަކުރެވޭނެ މިންވަރަށް އިގުތިސޯދު ކުރިއެރުމާއި އާމްދަނީގެ ޔަގީންކަން ވަނީ ލިބެން ފަށާފައި. އެހެންކަމުން އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވަޑްރާފްޓް ލިމިޓް ގެނައުމަކީ ކުރެވިދާނެކަމެއްކަން ފާހަގަކުރަން. ނަމަވެސް މިކަން ކުރުމަށްޓަކައި ބަޖެޓު ފައިނޭންސް ކުރުމަށް ރާވާފައިވާ ފައިނޭންސިން އިންފްލޯތައް ހޯދައި، ސަރުކާރުން އެކަމަށް ތައްޔާރުވާން ޖެހޭނެ،" - ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭ މިންވަރު ލިމިޓުކޮށްފައި އޮތް ނަމަވެސް ކޮވިޑު-19 އާ ގުޅިގެން 2020 ވަނަ އަހަރުގެ އެޕްރީލް މަހު ވަނީ އެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފަ އެވެ. އަދި ސަރުކާރުން އެދިގެން ފަހުން ވަނީ އެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުން ގެންގުޅޭ ފައިސާ ޗާޕް ކުރުމުގެ ސިޔާސަތަށް ފާޑު ވިދާޅުވެފަ އެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު އިސްކަން ދެއްވާނެ އެއް ކަމަކީ އިގުތިސޯދީ އަނދަވަޅުން ގައުމު ނަގާ ކޮޅަށް ޖެހުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފައިސާ ޗާޕުކުރަން ފުރުސަތު ހޯދުމަށް ސަސްޕެންޑް ކޮށްފައިވާ މާއްދާ އުވާލަން މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ފައިސާ ޗާޕު ނުކުރައްވާނެ ކަމުގަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް