ads
ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް 1442 ގެ ތެރެއިން ފޮޓޯ: ކީރިތި ގުރުއާނާބެހޭ މަރުކަޒު
36 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ބާއްވަން ނިންމައިފި
36 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ބާއްވަން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ނިންމައިފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން 36 ވަނަ ގައުމީ ގުރުއާން ކިޔެއުމުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ 23 ފެބުރުއަރީ އިން 2 މާރިޗު 2024 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގުރުއާން މުބާރާތް ކުރިއަށްގެންދަން ނިންމާފައިވަނީ ތިން ބައެއްގެ މައްޗަށެވެ. އެގޮތުން، ސުކޫލް ކުދިންގެ ބައި، މުއައްސަސާތަކުގެ ބައި އަދި ހާފިޒުންގެ ބައެވެ. ހާފިޒުންގެ ބައި ފިޔަވާ ކޮންމެ ބަޔަކުންވެސް ހިތުން ކިއުމާއި ބަލައިގެން ކިއުން ހިނަމާފައި އެވެ. 

މުބާރާތުގެ ގަވާއިދު މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް