ads
ރޮބާޓޯ މަންޗިނީ
ސައުދީއާއެކު މަންޗިނީގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
ސައުދީ އަރަބިއްޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު، އިޓަލީގެ ރޮބާޓޯ މަންޗިނީ، ސައުދީއަށް އިރުޝާދުދޭ ރަސްމީ ފުރަތަމަ މެޗަށް، މިއަދު ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެއެވެ.

ސައުދީ އަރަބިއްޔާއާ، ޕާކިސްތާނު، ސައުދީ އަރަބިއްޔާގައި މިއަދު ކުޅޭ މެޗަކީ ވޯލްޑްކަޕް ކޮލިފައިން ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗެކެވެ. ޕާކިސްތާން މި މެޗަށް ކޮލިފައިވީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ކެމްބޯޑިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ބުރާސްފަތި ދުވަހު ޕާކިސްތާނާ ދެކޮޅަށް ސައުދީ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަކީ "އަހަރެމެންގެ ފުރަތަމަ ރަސްމީ މެޗެއް ކަމަށާއި ހަމަގައިމުވެސް ފެށުމަކީ އަބަދުވެސް ގޮންޖެހުންތަކެއް ހުރި މެޗެއް" ކަމަށް ހެޑް ކޯޗު ރޮބަޓޯ މަންޗިނީވަނީ ބުނެފައެވެ.

އިޓަލީގެ ކޯޗު ކަމުން ވަކިވެ، މަންޗިނީ، ސައުދީ އަރަބިއްޔާއާ ހަވާލުވީ އޮގަސްޓް މަހުއެވެ.  އުމުރުން 58 އަހަރުގެ މަންޗިނީ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ އިޓަލީއަށް ކާމިޔާބު ކޮށްދީފައެވެ. އަދި މެޗަކުން ބަލިނުވެ އޭރު އެޓީމުން ހެދި ރެކޯޑަކީ މިހާތަނަށް މުގުރާލެވިފައި ނުވާ ރެކޯޑެކެވެ. ސައުދީއާއެކު މަންޗިނީ އެއްބަސްވުން ހަދާފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.

މަންޗިނީ ވަނީ މީގެ ކުރިން މެންޗެސްޓާ ސިޓީ، އޭސީ މިލާން  އަދި އިންޓަ މިލާން ފަދަ ބޮޑެތި ކްލަބުތަކަށް އިރުޝާދު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް