ads
މިނިސްޓްރީ އޮފް ފިނޭންސްއިން 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ބައްދަލުކުރުން- ފޮޓޯ: މަޖިލިސް
މީޑިއާތަކަށް ހާއްސަ ބަޖެޓު ހިމަނައި،ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
މީޑިއާތަކަށް ހާއްސަ ބަޖެޓެއް ހިމަނައި ކޮމިޓީ މަރުހަލާގައި ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފި އެވެ.

މިއަހަރުގެ ދަޢުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ފިނޭންސް މިނިޓްރީއިން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށައެޅުއްވީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

  ޤާނޫނުގައި ބުނާ ބައެއް ޝަރުތުތައް ފުރިހަމަނުވާތީ، ބަޖެޓު މަޖިލީހުން އަނބުރާ ފޮނުވާލުމަށްފަހު، އެކަންކަން އިސްލާޙުކޮށް އަލުން ހުށައެޅީ އޮކްޓޯބަރު 25 ވަނަ ދުވަހުއެވެ.

މިއަދު ބަޖެޓު ކޮމިޓީގެ ތިން ވަނަ ބައްދަލުވުމުގައި ބަޖެޓާއި ގުޅޭ ގޮތުން މަޝްވަރާކުރެވި ވޯޓަށް އަހާފަވެއެވެ.

 ވޯޓުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން 16 މެންބަރުން ވަނީ ސަޕްލިމަންޓްރީ ބަޖެޓު ފާސްކުރުމަށް ވޯޓު ދީފައެވެ. 

މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅީ 6.5 ބިލިއަން ރުފިޔާއެވެ. އިތުރުކުރި ހަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
 
ސަޕްލިމަންޓްރީ ބަޖެޓަށް ގެނައި އިސްލާހުތަކުގެ ތެރޭގައި،  މީޑީއާތައް ހިންގުމުގައި އެހީތެރިކަން ދިނުމަށް ފައިސާ ހިމަނާފައެވެ. 

އެގޮތުން ރެޖިސްޓްރީކޮށްގެން ހިންގާ ބްރޮޑްކާސްޓް ހިދުމަތްދޭ  މީޑިއާތަކަށް ހާއްސަކޮށް ހުށައެޅި 6.5 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް