ads
ދިވެހި ދިދަ އެއް
ޑރ. މުއިއްޒު ދިވެހި ދިދަޔަށް؛ ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ...!
ދިވެހި ލޮބުވެތި ޝަރަފުވެރި، "ދިވެހި ދިދަ" އިން ދިވެހިންގެ ހިތްތަކާ ކުޅެލަނީ އޭގައި އެތައް މާނަތަކެއް އެކުލެވޭތީ އެވެ. ދިވެހި ދިދައިގެ ކޮންމެ ވިހުރުމަކުން ގައުމީ ލޯތްބާއި ޖޯޝު އުފައްދަ އެވެ. ކޮންމެ ފަހަރަކު ދިވެހި ދިދަ ދިވެހި ގައުމުގެ މިނިވަން ޖައްވުގައި ވިހުރިލަނީ އެތައް "ނަސީބީ" މާނަތަކަކާއިއެކުގަ އެވެ.

ރާއްޖޭގެ އެންމެ ފަހުރުވެރި ރަމްޒުކަމުގައިވާ ދިވެހި ދިދައިގެ ކުލަތައް އެތުރިފައިވާ ގޮތުންވެސް މުހިއްމު ވާހަކަތަކެއް ބުނެދެ އެވެ. އެގޮތުން ދިދައިގެ މެދުގައި ދިވެހިން އެދީނަކަށް ނިސްބަތްވާ މާތްވެގެންވާ އިސްލާމްދީނުގެ ނޫރު ދައްކުވައިދޭ ރަމްޒު ހިމެނޭއިރު އޭގެ ބޭރުން ފެންނަނީ ދިވެހިންގެ މިނިވަންކަމެވެ. އަދި އެންމެ ބޭރުގައިވާ ރަތްކުލައިން ދައްކުވައިދެނީ މިނިވަންކަމުގެ ދިފާއު އެވެ. ފެހިކުލައިން ދައްކުވައި ދެނީ ދިވެހިންނަށް ލިބުނު ނަސްރާ ނަސީބެވެ.

1992 ވަނަ އަހަރުގެ އެޕުރީލު މަހު ދިވެހި ސިފައިންނަށް 100 އަހަރު ފުރުމާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ވަކި ބިނާއެއް ބިނާކޮށް ބޮޑު ދިދަ ނެގުނެވެ. މިއީ އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ރަމްޒުކޮށްދޭ މައި އެއް ބިނާއަށްވަނީ ވެގެން ގޮސްފަ އެވެ.

ޖުމްހޫރީ މައިދާނުގައި ނެގިފައި އެހުރި "ބޮޑު ދިދަ" އަށް ރާއްޖޭގެ 8 ވަނަ ރައީސް މުހާތަބުކޮށް އިއްޔެ އެ ކުރެއްވި އިޝާރާތުން ދިވެހި ދިދައަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ގަދަރާއި ލޯބި އިތުރަށް އާވެ އާލާވި އެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަ ދިދައިގެ ހިޔަލުގައި ހުންނަވާ ރައީސްގެ ގޮތުގައި ހުވާ ކުރެއްވުމަށް ފަހު ދެއްވި ހިތޯބުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ހިތުގައި ގައުމަށް އޮތް ލޯބި ވަރަށް ބޮޑަށް ދައްކުވައިދެއްވައިފަ އެވެ. ދިވެހި ޖުމްހޫރީ ހަޔާތުގެ ހައިބަތު ދައްކުވައިދޭ ރައީސް ހުވައިކުރެއްވުމުގެ "ދަރުބާރު" އަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެންނަށް ޑރ. މުއިއްޒު އިއްޔެ ދައުވަތު ދެއްވީ ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުމަށެވެ.

އެއަށް ފަހު، އެ މަނިކުފާނު އިސް އުފުއްލަވައި ބެއްލެވީ ދިވެހި ޖައްވުގައި އެވަގުތު މިނިވަންކަމާ އެކު ވިހުރެމުން ދިޔަ، ޖުމްހޫރީ މައިދާނުގައި ހުރި ދިވެހި ގައުމީ ދިދަ އަށެވެ. ދެން ވިދާޅުވީ މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުހާތަބު ކުރާ ކަމަށެވެ. އެއީ، މިނިވަންކަމުގެ ދިދަ ކަމަށާއި އެކަން ދައްކައިދިނުމަށްޓަކައި، އަތްވާއި ވާރޭގައި، ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށާއި، އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން،..." ޑރ. މުއިއްޒު ވިދާޅުވި އެވެ.

your imageއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގެ ތެރެއިން ފަހަތަށް އެނބުރިވަޑައިގެން ޖުމްހޫރީ މައިދާނުގައި ހުރި ގައުމީ ދިދަ އަށް ބައްލަވަނީ.

އާ ރައީސް މުއިއްޒު ދިދައަށް ބައްލަވަން އިރުކޮޅަކު އެހެން ހުންނެވުމަށް ފަހު އަލުން ތަގުރީރު ފައްޓަވައި ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް ހުވާ ކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި އާ ސަރުކާރުގެ އިސް ބޭބޭފުޅުންނާއި ދައުވަތު ދެއްވައިގެން ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި އިސް ބޭބޭފުޅުނާއި މުހާތަބު ކުރައްވާ ވިދާޅުވި އެވެ. 

ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް ވެސް އިހުސާސް ކުރެވޭ ކަމަށާއި ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދާއި، ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުއްމީދާއި ދިރުމާއި، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން ކަމަށް ވިދާޅުވި އެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،....." ހިތާބާއެކު ކުރިއަށް ދަމުން ޑރ. މުއިއްޒު ވިދާޅުވި އެވެ

ރައީސްގެ ތަގުރީރުގައި ދިވެހި ގައުމީ ދިދަ އަށް އިޝާރަތްކުރައްވާ އިތުރަށް ވިދާޅުވީ އެއީ މިނިވަންކަމުގެ ދިދަ ކަމަށާއި އެކަން ދައްކައިދިނުމަށްޓަކާ އަތްވާއި ވާރެ އާއި ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށެވެ. އެކަމުން ބުނެ ދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަން ޖެހޭ ހިތްވަރާއި ބަހައްޓަން ޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން! މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ! މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަހުލާގު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ! މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!،" ހަމަ އެ ނޭވައިގައި އިތުރަށް އެމަނިކުފާނު ރައީސް މުއިއްޒު އިތުރަށް ވިދާޅުވި އެވެ.

ދިވެހީންގެ ހަގީގީ ގައުމީ ސިފަތަކުން "ދިވެހި ދިދަ" ގުޅިލާމެއްސެވި، މި ރީތި ތަގުރީރަށް ސޯޝަލް މީޑިއާގައި ވެސް ގިނަ ދިވެހިން އަންނަނީ ތައުރީފުކުރަމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި، މި ތަގުރީރަކީ ގައުމީ ލޯބި އުތުރި، އެރުވި ތަގުރީރެކެވެ. އަދި ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި، ނަމޫނާ އަދި އަސަރުގަދަ ތަގުރީރެކެވެ. ހުދު އަޅުގަނޑުގެ ލޮލުން ގައުމީ ކަރުނައިގެ ފެން ހިލުވާލި އެވެ. ރޮއްވާލި އެވެ.

ރައީސްގެ ތަގުރީރުން ދިވެހީންގެ ވަތަނީ ބަސްމަގު ވަރަށް ފުރިހަމަ ދައްކުވައި ދެއްވައިފި އެވެ. ދިވެހި ކާބަފައިން ގައުމުގެ މިނިވަންކަމާއި އިސްތިސްތިގްލާލު ދެމެހެއްޓުމަށްޓަކައި ކުރެއްވި އަގުނުކުރެވޭފަދަ ހިދުމަތުގެ ހަދާން އާކޮށްދެއްވައިފި އެވެ. މިލޮބުވެތި ފަސްގަނޑުގެ މިނިވަންކަމަށްޓަކައި، ދިވެހި ދިދައިގެ ފަހުރާއި ޝަރަފަށްޓަކައި، ދިވެހިން ވެފައިވާ މަތިވެރި ގުރުބާނީގެ ރަމްޒު ދައްކުވައިދެއްވައިފި އެވެ. ރައީސްގެ އެ "ސުރުހީ" އެޅުއްއްވީ އިހު ދިވެހި ކާބަފައިންގެ ގައުމިއްޔަތު އަންނަން އޮތް ޖީލުތަަކަށް ރައްދުކޮށްދިން ފަދައިން މިއަދު އެޒިންމާ އުފުލަން ޖެހިފައިވަނީ އަޅުގަނޑުމެން ކަމެވެ.

ދިވެހީންގެރާއްޖެ ފަހުރަކީ ފެއްސާއި ރަތާއި ހުދުގެ "ދިވެހި ދިދަ" ޕާޓީ ކަމެވެ. ކޮން އަކަސް ރައީސް ޑރ. މުއިއްޒުގެ އިފްތިތާހީ ތަގުރީރުން އުތީމު އާދަމް އަބްދުއްރަހުމާންގެ ޅެމުގައި ވިދާޅުވިހެން އަނެއްކާވެސް "ފެނިލުމުން ދިވެހި ދިދަ ވިހުރިލާ، ޖޯޝުގައި ރޫހު ތާޒާވެލާ،.." ފި އެވެ. އަދި "މާނަވީބާރުގައި ވެރިވެދާ، އަސަރުގައި ވިންދު ހަރަކާތްވެލާ،......" ފި ވެސް މެއެވެ.

your imageޖުމްހޫރީ މައިދާން: ރައީސް މުއިއްޒު ހުވައި ކުރެއްވި ދަރުބާރު

ދެންއޮތީ ގައުމީ ރޫހު އާލާ ކުރަމޭ ބުނެ ބަސްތަކެއް އިއްވިއަސް އެރޫހު ރައްޔިތުންގެ ހިތުގައި އާލާ ނުވާ ސަބަބު ދެނެ އެކަމަށް "ދިވެހި ބޭހެއް" ހޯއްދުމެވެ. އެކަން ކުރެއްވުމަށް ޑރ. މުއިއްޒު ވަނީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ނަމުގައި އާ ވުޒާރާއެއް އުފައްދަވާ އެތަން ހިންގެވުން ތާރީހީ އަދަބީ އަދި ސަގާފީ ލިޔުންތަކާ ދިރާސާތައް ކުރައްވާ އުސްތާޒެއް ކަމުގައިވާ އާދަމް ނަސީރު އިބްރާހީމް އާއި ހަވާލުކުރައްވައިފަ އެވެ.

ބަހަވީ ފަންނުތަކާ، ޅެންވެރިކަމާ، ލިޔުންތެރިކަމާ، ވާހަކަދެއްކުންތެރިކަން އުނގަންނައިދެއްވުމުގައި ގައުމީ ހިދުމަތްތެރި، ނަސީރުގެ ވިސްނުންފުޅު ގެންނަވަން ވީ ކުރިން ކަންވީ ގޮތެވެ.

އެއީ، އިހު "ދިވެހި ސަރުކާރު" ތަކުން ދެކުނީ ދިވެހި ރައްޔިތުންނަށް ފޮނުވާލާ މެސެޖަކުން ހިތާބަކުން އަދި މުޅި މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު މަގުތަކުގައި މުނާސަބު ބުނެދޭން "ދިވެހި ދިދަ" ޖެހުމުން ގައުމިއްޔަތު ރައްކާތެރިކުރެވުނީ ކަމަށެވެ.

your imageޖުމްހޫރީ މައިދާނުގައި ހުރި ގައުމީ ދިދަ - ފޮޓޯ: ރައީސް އޮފީސް

"....އޭ މަގޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ..! އެވެ.

އިއްޔެ ރައީސް ޑރ، މުއިއްޒު ނިންމެވި ނިންމެވުމާ އެކު ކުރިން ކޮންމެ ދުވަހަކު އިރުއޮއްސި 6 ޖެހީމަ ދިވެހި ދިދަ ނަގައިފައި، ހެނދުނު 6 ޖެހީމަ އަލުން ނަގަން ބޭއްވި ވިޔަސް ދެން ތި "ޝަރަފުވެރިޔާ" ތިރިއެއް ނުކުރާނެ އެވެ. 

"....އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން.....!!" ކުރިއަށް އޮތް ފަސް އަހަރު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާއި މުހާތަބު ކުރައްވާ ދިވެހި ބަހަވީ ލަފުޒުތަކުން ފޯރި ގެންނަވަމުން ދެއްވި ތަގުރީރުގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.

"...އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން..! 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް