ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސް ޑރ. މުއިއްޒު ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބު ކުރައްވާ ދެއްވި ފުރަތަމަ ތަގުރީރުގައިވެސް އަލިއަޅުއްވާލެއްވި އެވެ.
މިގޮތުން ފަހުރުވެރި ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއި ދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާ އެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ދިވެހި ގައުމީ ދިދަ ސިފަކުރައްވާފައިވެ އެވެ.