ads
ހާލަންޑް
އަނިޔާގެ ސަބަބުން ހާލަންޑަށް ސްކޮޓްލަންޑް މެޗުގައި ނުކުޅެވޭ
ޔޫރޯ 2024 ކޮލިފައިންގައި އާދީއްތަ ދުވަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ނޯވޭގެ ފޯވާޑް އާލިން ހާލަންޑް ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެއެވެ.

ޔޫރޯ ކޮލިފައިންގައި ނޯވޭއާ ސްކޮޓްލަންޑް ކުޅޭ މެޗުގައި ހާލަންޑަށް ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ. އުމުރުން 23 އަހަރުގެ މެންޗެސްޓާ ސިޓީގެ ފޯވާޑްގެ ފަޔަށް އަނިޔާވެފައިވަނީ ބުރާސްފަތި ދުވަހު ފެރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުންނެވެ.

އަންނަ އަހަރު ޖަރުމަނުގައި ކުޅޭ ޔޫރޯ ފައިނަލަށް ސްކޮޓްލޭންޑާއި ސްޕެއިން ކޮލިފައިވެފައިވާއިރު، ނޯވޭ މިވަގުތު ގްރޫޕްގެ ތިން ވަނައިގައި އޮތްއިރު، ޕްލޭއޮފް ރޫޓެއް ވެސް އެ ޓީމަށް އެބައޮތެވެ.

އަނިޔާގެ ސަބަބުން ސްކޮޓްލަންޑް މެޗުގައި ހާލަންޑްއަށް ނުކުޅެވުނަސް ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނާ ގޮތުގައި ހާލަންޑްގެ "އަނިޔާއަކީ ސީރިއަސް އަނިޔާއެއް ނޫން" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް