ads
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ
"ގޭންގް ކުށްތަކުން މި ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރަން"
ޑްރަގާ ގޭންގް ކުށްތަކުން މި ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ހައިރާން ކުރުވި ނަތީޖާއެއް ހޯއްދެވި ކުރީގެ ވަޒީރު އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާ ސަރުކާރަށް އުމަރު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އާ ސަރުކާރަށް މަރުހަބާ ވިދާޅުވުމަށް ފަހު އުމަރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެ ރިޔާސަތުގައި ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލައްވާ، މަސްކަޑުން ގެއްލިގެން ދިޔަ ސަރަހައްދު އަނބުރާ ހޯއްދަވާ، ޑްރަގާ ގޭންގް ކުށްތަކުން މި ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރަމެވެ.

ކޮރަޕްޝަނާ، ބޭކާރު އިސްރާފުތަށް ނުކުރައްވާ، ރާއްޖޭގެ ދަރަނި ކުޑަކުރައްވާ، ހެޔޮލަފާ ސަރުކާރެއް ހިންގަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އާށައި އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާ ވަޒީރުންނަށާއި، އެކިއެކި މަގާމް ތަކާ ހަވާލުވެ ލެއްވި އެހެން ބޭފުޅުންނަށް މަރުހަބާ އާއި ހެޔޮއެދުންތައް އުމަރު ވަނީ ރައްދުކުރަމެވެ.

ޑްރަގާ ގޭންގް ކުށްތަކުން މި ޤައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އުމަރު ވިދާޅުވި އިރު ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޑްރަގާއި ގޭންތް ކުށްތަކާ ދެކޮޅަށް އެންމެ ބާރަށް އަޑު އުފުއްލެވި ބޭފުޅަކީ އުމަރު އެވެ. 

އުމަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ޑްރަގާ ގޭންގް ކުށްތަކާ ދެކޮޅަށް ވަރަށް ގިން ފިޔަވަޅުތައް އަޅުއްވާ އެކަންކަމުން ގައުމު ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް