ads
މަކުނުދޫގައި ފެނަކަ އާ އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ
ފެނަކައަށް ބޮޑު ޖޫރިމަނާއެއް
އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް- އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ 4.2 މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި އެވެ.

އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓަކީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި އިއުލާނުގައި ފެނަކައަށް އަންގާފައި ވަނީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށެވެ.

އީޕީއޭ އިން ބުނި ގޮތުގައި ގަވައިދުގައި ބުނާ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު ކުރިއަށް ގެންދިއުމަށް ވަނީ އެދިފަ އެވެ. މީގެ ކުރިން ވެސް ފެނަކައިން ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާތީ ހަ ފަހަރެއްގެ މަތިން ފިޔަވަޅު އެޅި އެވެ.

އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް އިންޖީނު ގެ އަޅާ ރަށްތަކަކީ ހއ. އުލިގަމާއި ހއ. އުތީމާއި ހއ. ދިއްދު އާއި ހއ. މުރައިދު އާއި ހއ. މޮޅަދު އާއި ހދ. ފިނޭ އާއި ހދ. ކުޅުދުއްފުއްޓާއި ހދ. ކުމުންދު އާއި ށ. ފޭދޫ އާއި ށ. މާއުނގޫދު އާއި ށ. ކޮމަންޑު އާއި ނ.ފޮއްދު އާއި ނ. ކެނދުކުޅުދު އާއި ރ.ރަސްގެތީމާއި ރ. ކިޅޮހާއި ޅ.ކުރެންދު އާއި ދ. މީދު އާއި ލ.މާބައިދު އާއި ގދ. މާވަރުލު އާއި ގދ.ރަތަފަންދު އާއި ގއ. ވިލިނގިލި ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް