ads
ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ އަރުވާފައި - ފޮޓޯ:ރައީސް އޮފީސް
ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައިފި
ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވައި ފަތްކޮޅު އެރުވި ބޭފުޅުންނަކީ:
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިގްބާލް އާދަމް
• މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަ އެޓް ލާޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފް

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރެއްވި ބޭފުޅުންނަކީ:
• ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ހއ. ވަށަފަރު ބްލޫހައުސް މުހައްމަދު ވަހީދު ހަސަން
• ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަ އޮފް ސްޓޭޓް ފޮ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑރ. މުހައްމަދު ކިނާނަތު
• ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުހައްމަދު ޝަމްއާން ވަހީދު

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް