ads
އެމްއެންޔޫގެ ޗާންސެލަރަކަށް އައްޔަންކުރެއްވި ޑރ. ޝައުގީއަށް މަގާމުގެ ފަތްކޮޅު އަރުވަނީ - ފޮޓޯ:ރައީސް އޮފީސް
އެމްއެންޔޫގެ ޗާންސެލަރަކަށް ޑރ. ޝައުގީ، ވައިސްއަކަށް ޑރ. ޝެހެނާޒް
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރުގެ މަގާމަށް ޑރ. މަހްމޫދު ޝައުގީ އަދި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ޑރ. އާއިޝަތު ޝެހެނާޒު އާދަމް އައްޔަންކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތުގައި ޔުނިވާސިޓީގެ އިސް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:
• ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް، މާފަންނު ލައިޓްކޯނަ-4 ޑރ. މަހްމޫދު ޝައުގީ
• ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް، މާފަންނު އެމޭޒަން ޑރ. އާއިޝަތު ޝެހެނާޒު އާދަމް
• ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ވައިސް ޗާންސެލަރު ކަމަށް، މާފަންނު ހިތިމާގެ ޑރ. އަލީ ޒާހިރު

އެ ރަސްމިއްޔާތުގައި މިނިސްޓަރުންގެ ފެންވަރުގައި ބައެއް ބޭފުޅުން އައްޔަން ކުރައްވައި ފަތްކޮޅު ވަނީ އަރުވާފަ އެވެ. އެ ބޭފުޅުންނަކީ:
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިގްބާލް އާދަމް
• މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަ އެޓް ލާޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފް

މި ބޭފުޅުންގެ އިތުރުން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރެއްވި ބޭފުޅުންނަކީ:
• ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ހއ. ވަށަފަރު ބްލޫހައުސް މުހައްމަދު ވަހީދު ހަސަން
• ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަ އޮފް ސްޓޭޓް ފޮ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑރ. މުހައްމަދު ކިނާނަތު
• ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުހައްމަދު ޝަމްއާން ވަހީދު

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް