މިއަދު ހަވީރު ޓީސީ އަތުން އީގަލްސް މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު މިދިޔަ އަހަރުގެ ރަނަރަފް ކްލަބް އީގަލްސްއިން ދިވެހި ޕްރިމިއާ ލީގުގެ މެޗަކުން ބަލިނުވެ ދަމަހައްޓަމުން ރިކޯޑްވަނީ އަނެއްކާވެސް އިތުރު ވެފައެވެ.
އީގަލްސް އެއްވަނައިގައި ލީޑް ބޮޑު ކުރިއަސް އެއީ ދެވަނައިގަ އޮތް މާޒިޔާއަށްވުރެ އިތުރަށް ތިން މެޗު ކުޅެގެންނެވެ. ޖުމުލަ 11 މެޗު ކުޅެ، އީގަލްސް އެއްވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް މެޗު ކުޅެ 22 ޕޮއިންޓް ވަނީ ހޯދައިފަ އެވެ. މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ މާޒިޔާ އަށް އީގަލްސްއާ ހަތަރު ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.