ads
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ، ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް
އިޒުރޭލު ޕާސްޕޯޓު މަނާ ކުރުމާއި މެދު އަދި ގޮތެއް ނުނިމޭ: ސަރުކާރު
އިޒްރޭލު ރައްޔިތުންނަށް ރާއްޖެ އައުން މަނާ ކުރުމާއި މެދު އަދި ވަކިގޮތެއް ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައި ނުވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިހެން ބުނިއިރު އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

ނަޝީދު އިސްލާހު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގެ (ހ)ގެ އަށްވަނަ އަކުރުގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށެވެ. އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާ އަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ކަމަށް ބަޔާންކުރާ މާއްދާ އެވެ.

"އިސްރާއީލު މީހުން ރާއްޖެ އެތެރެނުވެވޭނެ ބިލެއް މަޖިލީހަށް ހުށަހަޅައިފިން. ހުރިހާ ދާއިރާއެއްގެ އާއްމު ރައްޔިތުން އެ ދާއިރާގެ މެންބަރު އަރިހުގައި މިބިލަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންނަވާ،" ބިލް ހުށަހެޅުއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ބިލުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ވެސް ވަނީ އިޒްރޭލުގެ ފަތުރުވެރިން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ހެދުމަށް ސަރުކާރަށް ލަފާ ދިނުމަށް ނިންމާފައެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އެފީހުގައި އަންޑަރ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މަޖިލީހުގެ ހާރިޖީ ކޮމެޓީން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ރައީސް އަދި ވަކޮގޮތެއް ނުނިންމާ ކަމަށެވެ. 

ފިރުޒުލް ވިދާޅުވީ މިފަދަ ނިންމުންތަކުގައި އަބަދުވެސް ބާލާނީ ރާއްޖޭގެ މަސްލަހަތަށް ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ އުދުވާނުތައް ދިވެހިރާއްޖެއިން އަބަދުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ އިތުރުން ސީދާ އެ މަނިކުފާނު ވެސް ސާބިތުވެ ފަލަސްތީނުގެ ރައްޔިތުންނާއެކު އަބަދުވެސް ދެމިތިބޭނެކަމަށް ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަލީދު އަބޫއަލީ އަރިހުގައި ވިދާޅުވެފަ އެވެ.

ފަލަސްތީނު ސަފީރާ އެކު އިއްޔެގެ ބައްދަލުވުމުގައި ރައީސް ވަނީ ފަލަސްތީނާއި އިސްރޭލުގެ ބޯޑަރު 1967 ގެ ކުރީގައި އޮތްގޮތަށް ރުޖޫއަވެ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރެވުމަކީ ދިވެހިރާއްޖެއިން އެދޭގޮތް ކަމަށް ވިދާޅުވެފަ އެވެ. އޭގެއިތުރުން ގާޒާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދެއްކެވި އެވެ.

އެ ބައްދަލަވުން ނިންމަވައިލައްވަމުން ރައީސް މުއިއްޒު ވަނީ ފަލަސްތީނާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް އަބަދުވެސް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު 7 ގައި ޔަހޫދީ އިޒްރޭލުން ފެށި ހަނގުރާމައަށް ދޮޅު މަސް ވެފައިވާއިރު މިހައިތަނަށް ފަލަސްތީނުގެ 12،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެތެރެއިން 6000 އަކީ ކުޑަކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް