ads
ޕީއެންސީ ނައިބު ރައީސް - ސުޖާއު
ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި: ޝުޖާއު
ނިމިދިޔަ ރިޔާސީ ދައުރުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އޮތީ ގެއްލިފައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ހަފުތާ 14" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް ސޯލިހުގެ ނިމިގެން ދިޔަ ދައުރުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އޮތީ ގެއްލިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި މުޅި ޕާޓީއަށް ވެސް ގަބޫލު ކުރެވުނު ކަމަށެވެ. އެހެންކަމުން "ދިވެހީންގެރާއްޖެ" އަކީ އެކަން ބަދަލުކޮށް، ރަނގަޅު ކުރުމުގެ މަސައްކަތުގެ ގޮތުގައި ޝުޖާއު ފާހަގަ ކުރެއްވި އެވެ.

ޝުޖާއު ވިދާޅުވެފައި ވަނީ ދިވެހީންގެރާއްޖޭގެ އެންމެ ބޮޑު އެއް އަސާސަކީ ގައުމިއްޔަތު ދިފާއުކޮށް ހިމާޔަތްކުރުމާ އަދި އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިނގާ ވެރިކަމެއް ގެނެސްދިނުން ކަމަށެވެ. އެގޮތުން މި ވެރިކަމުގެ ފެށުނީ ވަރަށް ގައުމީވަންތަ ރޫހެއްގައި ކަމަށާއި ގައުމުގެ އިސްތިގްލާލު ނަގަހައްޓާ ދެމެހެއްޓުމުގައި ރައީސްގެ ތަސައްވުރު އެމަނިކުފާނުގެ ތަގުރީރުންވެސް ހާމަކޮށްދެއްވި ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި މިއީ ދިވެހީންގެ ވެރިކަމެއް ކަމުގައި ދިވެހީންނަށް ޔަގީން ކުރެވިގެން ދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވައުދުވެފައި ފިލާ ބައެއް ނޫން، ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާން ކެރޭ ބޭފުޅެއް" - ޝުޖާއު


ރައީސް ޑރ. މުއިއްޒު ކެމްޕޭނުގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމެނޭ ފޮތެއް ނެރެފައިވާ ކަމަށާއި އަދި އޭގެން ދަލީލު ކޮށްދެނީ އެއްވެސް ކަމެއް ފޮރުއްވަން ރައީސް ބޭނުންފުޅު ނުވާކަން ހާމަވާކަމަށް މީގެއިތުރުން ޝުޖާއު ވިދާޅުވި އެވެ. ރައީސް މުއިއްޒަކީ ވައުދު ފުއްދަވާ ބޭފުޅެއްކަން ރައްޔިތުނަށް ސާބިތު ކޮށްދޭނެ ކަމަށާއި އަދި މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި އިރު ވައުދު ފުއްދުމަށް ކުރެއްވި މަސައްކަތް ތަކަކީ އެކަމުގެ ހެއްކެއް ކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ހުރި މައްސަލަ ތަކަކީ ކޮބައިކަން ޕީޕީއެމް-ޕީއެންސީ އާއި ޑރ. މުއިއްޒަށް އެނގި ވަޑައިގަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން އެކަންކަން ރަނގަޅު ކުރުމަށް ރައްޔިތުން ވެސް އަތުކުރި އޮޅާލާ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އެދި ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް