ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެއާޕޯޓާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
ގައްސާން ވިދާޅުވީ ރާއްޖޭގެ ބޯޑަރުވެސް ބަންދު ކުރަންޖެހޭ ކަމަށާއި، ނުކޮށްދޫކޮލެވޭ އެންމެ ކަމަކުން މިހާތަނަށް ކުރެވުނު ރަނގަޅު މަސައްކަތް ބޭކާރުވިޔަ ދީގެން ނުވާނެ ކަމަށެވެ.
ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 15 މީހަކު ޕޮސިޓިވްވި އިރު އޭގެތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިހާތަނަށް 16 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި އިރު 550 މީހުން ކަރަންޓީން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.
އަދި ސަރުކާރުން އަންނަނީ ކަމުގެ ފަންނީ ފަރާތްތަކުގެ ލަފާގެ މަތިން މިކަމުން ސަލާމަތްވުމަށް މުހިންމު ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;