ads
އަމީނިއްޔާ ސްކޫލުގެ ދަރިވަރުން: އޯލެވެލްގެ ނަތީޖާ ޑީޕީއީން ވަނީ ދޫކުރަން ފަށާފައި - ފޮޓޯ:އަމީނިއްޔާ ސްކޫލް
"ދިވެހިވަންތަ ގައުމީ ޝަހްސިއްޔަތު" ބިނާ ކުރުމުގެ ދަތުރަށް ވަނީ ކިހިނެއް؟
"އަޅުގަނޑުމެން މި ފަށަނީ ދިވެހި އުންމަތް އޭގެ ހަގީގީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު. މިއީ، ދިވެހިވަންތަ ގައުމީ ޝަހްސިއްޔަތު، އަންނާން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ހައްގެއް،" ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާ ބުހާތަބު ކުރައްވާ ވިދާޅުވި އެވެ.
Advertisement

ރައީސް މުއިއްޒު އެ ވިދާޅުވަނީ އާދައިގެ ވާހަކައެއް ނޫންތާ އެވެ. އެ ދައްކަވަނީ ހަގީގީ މައްސަލައެއްގެ ވާހަކަ އެވެ. އެމައްސަލަ ދިވެހިންނާ ކުރިމަތިވެގެން އުޅޭތާ ކިހާ ދުވަހެއްވެގެން މާޒީވެގެންދިޔަ ނަމަވެސް އެ ވިދާޅުވާ ވާހަކަފުޅުގައި އެ ދައްކަވަނީ ފެންދީ ކުރިލާ ހައްދަން ޖެހޭ ސިފަތަކާއި އަދަބުތަކެއްގެ ވާހަކަ އެވެ.

ވާހަކަފުޅު ވަރަށް މުހިންމެވެ. ކަމުގެ ބޮޑުކަން އަދި މާ ބޮޑެވެ. ނަމަވެސް ސުވާލަކީ ރައީސް އެ ވިދާޅުވާ "ދިވެހިވަންތަ ގައުމީ ޝަހްސިއްޔަތު" އަންނާން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް ފަށައިގެން ގޮސް ކަނޑުނުވެ ހިކިފަސް ބަނދަރަކަށް ގެންދާނީ ކިހިނެއްތޯ އެވެ. މި ސުވާލަށް ސާފު ޖަވާބެއް އަދި ލިބިފައި ނެތް ނަމަވެސް ރައީސް ވިދާޅުވާ ވިދާޅުވުން ނަކަލުކޮށްލާނަމެވެ.

"ވަރަށް ޔަގީންކަމާއެކު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވައިލަން. އަޅުގަނޑުމެން މި ފަށަނީ ދިވެހި އުންމަތް އޭގެ ހަގީގީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު. މިއީ، ދިވެހިވަންތަ ގައުމީ ޝަހްސިއްޔަތު، އަންނާން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ހައްގެއް. ދިވެހި ތާރީހު އެނގުމުގެ ހައްގު އެ ކުދީންގެ ކިބައިން މަހުރޫމު ކުރެވިގެން ނުވާނެ. ދިވެހިރާއްޖޭގެ ޖިއޮގްރަފީ އެނގުމުގެ ހައްގު، ދިވެހި ކިޔަވާކުދިންގެ ކިބައިން ނިގުޅައިގަނެވިގެނެއް ނުވާނެ."

your imageރައީސް ހުވާކުރުމުގެ ރަސްމިއްޔާތުން ފޮޓޯ:ރައީސް އޮފީސް

ރައީސް އިތުރަށް އެ މައުލޫގައި ވިދާޅުވަީ 4000 އަހަރުވި މިނިވަން ދިވެހިރާއްޖޭގެ ފަހުރުވެރި ދިވެހި ހަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ގައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުސަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބިދޭންޖެހޭނެ ކަމަށެވެ. އަދި މި ހައްގުތަކާއި ފުރުސަތުތަކާއި، ފަހުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި އަޅުގަނޑުމެން މި ފަށަނީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު ކަމަށެވެ.

"މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު. ދިވެހީންގެ ކެރުމާއި، އަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫއު. ދިވެހީންގެ ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއު. އިރާދަކުރެއްވިއްޔާ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫއުން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން. ދަރީން ހެޔޮގޮތުގައި ބޮޑުކުރުމަށް، މައިންބަފައިން ރެޔާއިދުވާލު އެ ވާ ޤުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުންމީދުން ފުރިގެންވާ ހިތްތަކަށް ހޯދައިދޭނަންމ" ވަރަށް އަސަރުގަދަ ތަގުރީރުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ބޭނުންވާ ކަންކަމާއި ގޮތް އެވަނީ ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފަ އެވެ. އެމަގަށް ގައުމު ގެންދިއުމަށްޓަކައި ސަގާފަތާބެހޭ ވުޒާރާއެއް ވެސް ރައީސް ވަނީ ހައްދަވާ އެ ވުޒާރާއަށް ވަޒީރަކު އައްޔަނު ކުރައްވާފަ އެވެ. ދެން އޮތީ އެކަންކަން ހާސިލު ކުރުމަށް އޮތް ދަތުރެ އެވެ. އެ ދަތުރުވެގެންދާނީ އާދައިގެ ދޯންޏެއްގައި ކުރާ ދަތުރަކަށްވުރެ މާ މުހިންމު އެހާމެ ޒިންމާދާރު ދަތުރަކަށެވެ. ސަބަބަކީ މާޒީގައި، ރައީސް މުއިއްޒު އެ ވިދާޅުވާ "ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު"ތައް އެނަމުގައި ނޫން ނަމަވެސް ކޮންމެ ވެސް ކަމެއް ކުރެވިފައިވާކަމަށް އޭރުގެ ބޭބޭފުޅުން ވިދާޅުވާތީ އެވެ.

ދުވަސްވީ ހެޔޮލަފާ މީހަކު ވިޔަސް އިލުމުވެރިޔައަކަށް ވިޔަސް އަދި ތަޖުރިބާކާރަކަށް ވިޔަސް ދައްކަނީ ރާއްޖޭގައި ހުރި މައްސަލަތަކުގެ ވާހަކަ އެވެ. މަގެއްގެ މައްޗަށް ނިކުމެލިޔަސް އިވެނީ އެ ވާހަކަތަކެވެ. ޒިންމާދާރު މަގާމެއްގައި ހުރި މީހަކާ ދިމާވިޔަސް ދައްކަނީ އެ ވާހަކަތަކެވެ.

"ދިވެހިން ރަނގަޅު ނުވެ އެއްކަމެއް ވެސް ރާއްޖޭގެ ރަނގަޅެއް ނުވާނެ. ރައްޔިތުމީހާ ރަނގަޅުވާންވީ. އެ މީހުން ގައުމާ މެދު ވިސްނަށްވީ. ރައްޔިތު މީހާ ބޭނުން ނަމަ މާދަމާ ވެސް މި ގައުމަށް މިވަރުގެ ބޮޑެތި ގެއްލުން ނުވާނެ. އަހުލާގާއި ތަރުބިއްޔަތާ ގަބޫލު ކުރުންތައް ހުންނަށްވީ ތަހުޒީބުގެ ރީތިމަގުގައި. ނަމަވެސް އެކަން އޮތީ އެހެން ނޫން. ޖީލަކަށް ފަހު ޖީލެއް ހަލާކުވަމުންދާކަމުގެ އިހްސާސްއަށް ވުރެ ބޮޑަށް ހަލާކުވަމުންދާ މަންޒަރު މިފެންނަނީ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އިލްމީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މީހުން ބިނާ ކުރުމުގެ އެންމެ ބޮޑު އެއް ޒިންމާއެއް އަދާ ކުރަނީ ކިޔަވައިދޭ މީހުންނެވެ. އެ މީހުން ބުނާގޮތުގައި ތަރިބިއްޔަތު ކުރުމަށް އޮތް މަގުތައް ދަނީ ބަނދެވެމުންނެވެ. ޓީޗަރުންނަށް އޮތް ފުރުސަތުތައް ދަނީ ހަނިވަމުންނެވެ. ހައްގުތައް ބޮޑުވެ އެ ހައްގުތަކުގެ އިމެއް ނެތް ކަހަލަ އެވެ. ކިޔަވަން އަންނަ ކުދިން ގަބޫލު ކުރަނީ ތަރުބިއްޔަތު ކުރުމުގައި ކިޔަވައިދޭ މީހާއަށް އެއްވެސް ރޯލެއް ނެތް ކަަމަށެވެ. ގައުމީ ސިޔާސަތުތައް ހުރީ ރައީސް މުއިއްޒު އެ ވިދާޅުވާ މަގުސަދު ހާސިލް ކުރެވޭނެ މަގަށް ނޫން ކަމަށް ގިނަ ބަޔަކު ކިޔަ އެވެ.

"މުޅި މައްސަލަ ހައްލު ކުރުމުގައި މައިގަނޑު އެއްކަމެއް އެބަ ރަނގަޅުވާން ޖެހޭ. ތައުލީމީ ނިޒާމް. ތައުލީމީ ނިޒާމް ރަނގަޅު ނުވެ ރާއްޖެ ރަނގަޅެއް ނުވާނެ. ހުރިހާ ކަމެއްގެ ހައްލުގެ އެންމެ ބޮޑު ހުރަހަކީ ތައުލީމީ ނިޒާމުގައި ހުރި ގޯސް ކަންކަން. މި އުއްމީދު ކުރާ ދިވެހި ކުއްޖާ ބިނާ ކުރެވޭނީ ސްކޫލް ސިސްޓަމުގެ ތެރެއިން. އެއީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި އަދަބިއްޔާއި އަހްލާގުކަމަށް ވިޔަސް،" ތައުލީމީ ދާއިރާގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ކުރީގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާގޮތުން "ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު" ކާމިޔާބު ކުރުމަށް ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ރާއްޖޭގައި ކިޔަވައިދޭ މުގައްރަރު ބަދަލު ކުރުމެވެ. ރައީސް މުއިއްޒު އެ ވިދާޅުވާ "ދިވެހިވަންތަ ގައުމީ ޝަހްސިއްޔަތު" ބިނާވާނެ މަގަކަށް ގައުމީ މުގައްރަރު ބަދަލު ކުރުމެވެ. އެކަން ކުރާކަން އެތައް ބައިވަރު މިނިސްޓްރީ އަކާއި އިދާރާތަކެއް ވެސް ބޭނުމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ އިހްލާސްތެރި ހިތެކެވެ. ތެދުވެރިކަމާއެކު އެކަން ކުރާނެ އަމާންތެރި ވެރިންނެވެ. ސުވާލަކީ އެ ހެޔޮ ނިޔަތުގައި އެކަންކޮށް ރައީސް އެވިދާޅުވާ "ދިވެހިވަންތަ ގައުމީ ޝަހްސިއްޔަތު" ބިނާ ކުރުމުގެ މަސައްކަތަށް ވެގެންދާނީ ކިހިނެއްތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް