ads
ޓެނިސް ޗެމްޕިއަންޝިޕް 2023 ގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު
ޓެނިސް ޗެމްޕިއަންޝިޕް 2023 ގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު
ދިރާގު އިންވިޓޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2023 ބޭއްވުމަށްޓަކައި ދިރާގާއި ޓެނިސް އެސޮސިއޭޝަން އޮފް މޯލްޑިވްސް އެކުގައި ސޮއިކޮށްފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އިން 25 ނޮވެންބަރުގެ ނިޔަލަށް ޤައުމީ ޓެނިސް ސެންޓަރުގައެވެ. މި މުބާރާތުގައި ރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުން 100 އަށްވުރެ ގިނަ ކުޅުންތެރިންގެ އިތުރުން ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ތައިލެންޑުން ވެސް ބައިނަލްއަގުވާމީ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

"ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށާއި އެތުލީޓުންގެ ހުނަރުވެރިކަން ކުރިއެރުވޭނެ މާހައުލެއް ގާއިމު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މި މުބާރާތުގެ ސަބަބުން ދިވެހި އެތުލީޓުން ބާރުވެރިކުރުވާ، ބައިނަލްއަގްވާމީ މައިދާނުތަކުގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލެވޭފަދަ ޕްލެޓްފޯމެއް ގާއިމު ވެގެންދާނެކަންވެސް ޔަޤީން،" ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

"ދިވެހި ޓެނިސްގައި ފާހަގަކޮށްލެވޭ މި އިވެންޓް ރާއްޖޭގައި ބޭއްވުމަށް ދިރާގުން ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. މި މުބާރާތަކީ ދިވެހި އެތުލީޓުންނަށް އެފަރާތްތަކުގެ ހުނަރު އިތުރަށް ކުރިއަރުވާ، ސަރަހައްދީ ކުޅުންތެރިންނާއި ވާދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް އަދިވެސް އެއް ފަހަރު ޝުކުރު ދަންނަވަން،" ޓެނިސް އެސޮސިއޭޝަން އޮފް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޑިރެކްޓަރ، އިގްނާޒް މަންސޫރު ވިދާޅުވިއެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް