ads
ކާރަކާއި ސައިކަލްތަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ކާރަކާއި ސައިކަލުތަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ކާރަކާއި ތިން ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަން ހާމަކޮށް ދާދިދެންމެއަކު ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އަނިޔާވި ހަތަރު މީހަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ އެ އިދާރާއަށް މި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:42 ހާއިރު ކަމަށެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެގެން ގޮސް ތިން ސައިކަލެއްގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން އަނިޔާ ލިބުނު، ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ކަމުގަ އެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރެހެނުންކަން ހާމަކޮށް، ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެތަނުން އަންހެނަކާއި ފިރެހެނެއްގެ ހާލު ސީރިއަސް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް