ads
ހޭންޑްބޯލް އިވެންޓެއްގެ ތެރެއިން
ގައުމީ ހޭންޑްބޯޅަ މުބާރާތް އަންނަ ހަފްތާގައި
ގައުމީ ހޭންޑްބޯޅަ މުބާރާތް މި މަހުގެ 25 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އަންނަ ހަފްތާގައި ފަށާ ގައުމީ ހޭންޑް ބޯޅަ މުބާރާތަކީ، 10 ވަނަ ގައުމީ ހޭންޑް ބޯޅަ މުބާރާތެވެ. މި މުބާރާތުގައި މި ފަހަރު ޖުމްލަ އެކު، 30 ޓީމުން ވާދަކުރާނެއެވެ. ހޭންޑް ބޯޅަ މުބާރާތުގައި މި އަހަރު ވެސް ދެ ޑިވިޝަނެއް ކުރިއަށްދާނެ އެވެ. ދެ ޑިވިޝަންގައި ޖުމްލަ 60 މެޗު މިއަހަރު ކުޅޭނެ އެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ބަޔާއި، ފިރިހެން ބައިގައިވެސް ވަނީ ތިން ޓީމެވެ.

ފިރިހެން ބައިގައި ވާދަކުރާ ޓީމްތަކަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ، ވެލިދޫ ޔުނައިޓެޑް އާއި ކުލަބު ޒެފްރޯލް އެވެ. އަންހެން ބައިގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯޅަ ކުލަބާއި، ކީންސް ސްޕޯޓްސް ކުލަބުގެ އިތުރުން ރެޑް ހޯކްސް ސްޕޯޓްސް ކުލަބެވެ.

ފުރަތަމަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލުން ފުރުސަތު ލިބޭނީ ގަދަ ދެ ޓީމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް