ads
އޭއީއެޗްގެ ސީސީއޯ ކަން ކުރެއްވި ޑރ. މުހައްމަދު ސޯލިހު - ފޮޓޯ:ކުޅުދުއްފުށި ހޮސްޕިޓަލް
އޭއީއެޗުން ސީއީއޯ ޑރ. މުހައްމަދު ސޯލިހުގެ އަގުވަޒަންކޮށްފި
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެތަނުގެ ކުރީގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހުގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށްފި އެވެ.
Advertisement

ޑރ. ސޯލިހުގެ އަގުވަޒަންކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެތަނުން ވަނީ އެމަނިކުފާނުގެ ލީޑާޝިޕްއަށް ތަރުހީބު ދިނުމާ އެކު ޝުކުރު އަދާކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ހިތްވަރުގަދަކަމާ އޭއީއެޗް މިއަދު އެ ހުރި ފެންވަރުގެ ހޮސްޕިޓަލަކަށްވެގެން ދިޔައީ ޑރ. ސޯލިހުގެ ހިތްވަރާއި އިހްލާސްތެރިކަމާ ކުރެެއްވި މިންނެތް މަސައްކަތުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އޭއީއެޗުން ބުނި ގޮތުގައި ޑރ. ސޯލިހުގެ ލެގަސީ ހިފަހައްޓައި އޭގެން ފިލާވަޅު ލިބިގަނެގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމުގަ އެވެ.

އޭއީއެޗްގެ ސީއީއޯކަމުން އިސްތިއުފާދެއްވި ސޯލިހު ވިދާޅުވީ އޭއީއެޗްގެ ކުރިމަގު ފެންނަން އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ. އެ ހޮސްޕިޓަލު ހިންގުމުގެ މިސްރާބު ޖަހާފައި ވަނީ ބޭނުންވާ މިސްރާބަށް ކަމަށް ސޯލިހު ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ހުރިހާ މުވައްޒަފުން އެކުވެރިކަމާ އެކު މަސައްކަތްކޮށްފި ނަމަ އޭއީއެޗާ މެދު ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވެގެން ދާނެ ކަމަށެވެ. 

ޑރ. ސޯލިހަކީ ސިއްހީ ދާއިރާގައި 24 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭއީއެޗްގެ ސީއީއޯކަމުގެ މަގާމަށް އޭނާ އައްޔަނު ކުރެވުނީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން ޑރ. ސޯލިހު ހުންނެވީ މެޑިކާގެ ޗީފް ސާޖަންގެ މަގާމުގަ އެވެ. މީގެ އިތުރުން ޑރ. ސޯލިހު ވަނީ މެޑިކާގެ ސީއީއޯކަމުގެ މަގާމު އަދާކުރައްވާފަ އެވެ.

ޑރ. ސޯލިހު ވަނީ 2012-2014 އަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ޗެއާމަންގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް