ads
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ އެތްލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ތޮލާލް - ފޮޓޯ:ރައީސް އޮފީސް
ސްޕޯޓްސް ކޮމިޝަނަރުކަމުގެ މަގާމަށް މުހައްމަދު ތޮލާލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނަ އޮފް ސްޕޯޓްސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތޮލާލް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ތޮލާލް މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

މައުލޫމާތު ލިބޭގޮތުން ތޮލާލް ވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް މިއަދުގެ ވަގުތެއްގައި އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވާފަ އެވެ. އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އެ އެސޯސިއޭޝަނުގެ ރައީސްކަން އަދާކުރައްވާފަ އެވެ.

ތޮލާލް ވަނީ އެތްލެޓިކްސް އެސޯސިއޭޝަނަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން އެތްލީޓުން އުފެއްދުމާއި އެފަރާތްތަކަށް ރާއްޖޭން ބޭރުން ތަމްރީނު ޕްރޮގްރާމުތައް ހޯއްދަވައިދެއްވުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ތޮލާލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް