ads
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް
އޭސީޕީ ރިޔާޒު "އެހެލައިފި"
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފި އެވެ.
Advertisement

އޭސީޕީ ރިޔާޒާއެކު ޕޮލިސް އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލްވެސްވަނީ މިއަދު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި ރިޔާޒު ހުންނެވި ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަސްއޫލިއްޔަތުން އޭނާ ވަނީ ދުރުކޮށްފަ އެވެ. އަދި މިހާތަނަށް އޭނާ އަށް އެހެން މަސްއޫލިއްޔަތެއް ހަވާލުކޮށްފައެއް ނުވެއެވެ. ރިޔާޒުގެ ބަދަލުގައި ކްރައިމް އިންވެސްޓިގޭޝަން ހެޑަކަށް ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒް ވަނީ ވަގުތީ ގޮތުން ހަމަޖައްސައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރިޔާޒު އިސްވެ ހުންނަވައި ހިންގެވި ތަހުގީގުތަކާ ގުޅޭ ގޮތުން ފާޑުކިޔުން ބޮޑުވި އެވެ. އަދި މި ސަރުކާރުގެ އިސް ބޭފުޅުންގެ ފާޑުކިޔުން އިދިކޮޅުގައި ތިބިއިރު ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. ރިޔާޒުގެ އިތުރުން ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު އަދި އިންޓެލް ހެޑްގެ ގޮތުގައި ހުންނެވި ފަރީދުގެ ބަދަލުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް ވަނީ އައްޔަންކޮށްފަ އެވެ.

އާ ސަރުކާރުން މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް