ads
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ އާންމު ރަސްމީ ޖަލްސާތައް ނުބޭއްވޭތާ ދެ ހަފްތާ..!
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތައް ނުބޭއްވޭތީ އެ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.
Advertisement

ކުރިއަށް އޮތް މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އައްޔަން ކުރަން ބާއްވާ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ މަގާމަށް ވާދަކުރައްވާ ސައިފް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

ސައިފް އިތުރަށް ވިދާޅުވީ ކޯރަމް ހަމަނުވެގެން ސިޓީ ކައުންސިލުން އާންމު ރަސްމީ ޖަލްސާ މިހާރު ޖައްސަޖައްސައިގެން ދެ ހަފުތާގެ މަތިން ކެންސަލްކޮށްފައިވާ ކަމަށެވެ.

"މިތަނުގެ މަސައްކަތް ހިންގޭނެ ގޮތަކަށް، ވެރިކަންކުރާ ކޯލިޝަނުން ކައުންސިލަރުންގެ މައްޗަށް ބާރު އެޅުއްވުން ކޮންމެހެން ބޭނުންތެރި،" ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ކައުންސިލްގެ މަސައްކަތްތައް ހުރީ ފުނިޖެހިފައި ކަމަށެވެ. އަދި ހުއްޓިފައި އޮންނަ އޮތުން ބަލައެއް ނުގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމުގައި ހުންނެވި ރައީސް މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، މޭޔަރުގެ ޒިންމާތައް ވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކުރައްވާފަ އެވެ.

އާ ސަރުކާރާ އެކު، މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ އިތުރުން ތިން ގޮޑިއެއް ވަނީ ހުސް ވެސް ވެފަ އެވެ. އެއީ ކައުންސިލަރު އާދަމް ރަމީޒާއި އަބްދުﷲ ނަސީރު އަދި ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑި އެވެ. އެ ތިން ބޭފުޅުންނަށް މިހާރު ވަނީ ސަރުކާރު މަތީ މަގާމެއް ދެއްވައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް