ads
މަރު ކޮމިޝަނަށް އިސޫ ހާޒިރުކުރުން...
އިބޫގެ މަރު ކޮމިޝަނުން ދައުވާކުރަން ނިންމި އެންމެން މިނިވަންކޮށްފި
މިދިޔަ ސަރުކާރުގައި އުފެއްދި މަރުތައް ބަލާ ކޮމިޝަނުން ދައުވާ ކުރަން ނިންމި ތިން މީހުން ވެސް މިނިވަންކޮށްފިއެވެ.

މަރުކޮމިޝަނުން ދައުވާ ކުރަން ނިންމި މީހުންގެ ތެރެއިން އެންމެ ފަހުން މިނިވަންކުރީ، ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ) އެވެ. މީގެކުރިން މި މައްސަލާގައި ދެން ތުހުމަތު ކުރެވޭ އަހްމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށް ކުރާ ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

މިގޮތަށް ނިންމުމާ އެކު މިހާރު ވަނީ، އެ މީހުން ބަންދުން ދޫކޮށްލި އިރު ފައިގައި އެޅުވި "މޮނިކޮން" ޓެގް ނައްޓާލުމަށް އަމުރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައްސަލަ އަނބުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާލައިފަ އެވެ.

ބޮޑު ދެ މަރުގެ ތުހުމަތުވާ އިސޫ އާއި މުއާ ވެސް ޝަރީއަތް ކުރިއަށް ދަނިކޮށް ބަންދުން ދޫކޮށްލީ ފައިގައި ޓެގް އަޅުވައިފަ އެވެ. ޓެގް އަޅުވައިގެން މޮނިޓަކުރުމަށް އެ ދެ މީހުންގެ މައްޗަށް ނެރުނު އަމުރު ވެސްވަނީ ބާތިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް