ads
ފިލްމީ ތަރިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ލިބުނު ފައިސާ އައިއޭސީ އާ ހަވާލުކުރުން
ފަންނާނުންގެ ފަރާތުން 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފި
ދިވެހި ފިލްމީ ތަރިން ބޭއްވި ފަންޑު ރެއިޒިން ހަރަކާތްތަކުން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީއެއްގެ ގޮތުގައި ހަދިޔާކޮށްފި އެވެ.

"އިންސާނިއްޔަތަށް ޓަކައި" މި ނަމުގައި ފަލަސްތީނަށް އެހީވުމުގެ ގޮތުން ހިންގާފައިވާ ހަރަކާތްތައް ފަށާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން އެކި ފަންނާނުންގެ ވަރަށް ހާއްސަ ޓިކްޓޮކް ލައިވްއެއް ރޭ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ލައިވްއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ފިލްމީ ތަރިންނާ އާންމުންނާ ގުޅިގެން ހިންގި މި ހަރަކާތްތަކުން މަހެއްހާ ދުވަހުގެ ތެރޭގައި 685،651.90 ރުފިޔާ މި ފަންޑަށް ހޯދާފައިވެ އެވެ.

އޮލިމްޕަހުގައި އިއްޔެ ބޭއްވި ހަރަކާތެއްގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ މި ހަރަކާތްތަކުން ލިބުނު ފައިސާ ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އެ ޖަމިއްޔާގެ އެކައުންޓަށް މިހާރު މި ފައިސާ ފޮނުވާފައިވާނެ ކަމަށް މި ހަރަކާތްތައް އިންތިޒާމްކޮށް ހިންގުމުގައި ހަރަކާތްތެރިވި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފައިވެ އެވެ.

މި ހަރަކާތްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި މާލެ ސަރަހައްދުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފަންނާނުންގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.  

އެހީ ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި އިވެންޓުގައި ކުޑަކުދިންގެ ހަވީރާއި ޖަންބޯ ސޭލާއި މަސް ރޭހާ އަދި ފިލްމީ އެކިއެކި ހަރަކާތްތައް ހިމެނެ އެވެ. މި ހަރަކާތްތަކުގެ އިތުރުން ގޭގެއަށާއި ރަށްރަށަށް ދަތުރުކޮށް އެކިއެކި މަސައްކަތްތައް ކޮށްދީގެން ފަންޑަށް ވަނީ ފައިސާ ހޯދާފަ އެވެ. މި އިވެންޓަކީ އެންމެ ގިނަ އަދަދެއްގެ ފަންނާނުން މިގޮތަށް ބައިވެރިވި އެއް އިވެންޓުކަން ފާހަގަކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް