ads
ގެމަނަފުށީ މަސްވެރިން މަސްވެރިކަން ކުރަނީ - ފޮޓޯ: ގެމަނަފުށީ މަސްވެރިން
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާ މާލޭގައި ބޭއްވުމަށް ނިންމައިފި
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބުނީ މިއަހަރުގެ ފާހަގަ ކުރާ 43 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވަމުންދާ ކަމަށެވެ.

އަންނަ މަހު ފާހަގަކުރާ މަސްވެރިންގެ ދުވަހު، ޒުވާން އަދި ތަޖުރިބާކާރު ކެޔޮޅުން ހޮވާ، ހާއްސަ އެވޯޑެއް ދިނުމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އެގޮތުން މިއަހަރު މަސްވެރިންގެ ދުވަހު ދޭން ހަމަޖެހިފައިވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ މެނދުރު 12:00 ޖެހުމާއި ހަމައަށެވެ.

1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަސް ފާހަގަކުރަމުން ދަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. އާއްމު ގޮތެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކޮންމެވެސް ރަށެއްގައެވެ.

މި ދުވަސް މިދިޔަ އަހަރު ފާހަގަ ކޮށްފައިވަނީ ގދ. ފަރެސްމާތޮޑާގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް