ads
ޕީޕީއެމްގެ އިވެންޓެއްގެ ތެރެއިން
ޔާމީން ވަކިވުމާއެކު ޕީޕީއެމްގެ ކުއްލި ސެނެޓް ބައްދަލުވުމެއް
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަން ނިންމެވިތާ، 24 ގަޑިއިރު ނުވަނީސް ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް ބާއްވަން ތާވަލުކޮށް، ސެނެޓަރުންނަށް ދައުވަތު ފޮނުވައިފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕިއެމް) އިން ވަކިވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުން ގެންދަވަނިކޮށް އެ ޕާޓީން ބާއްވާ ކުއްލި ސެނެޓު ބައްދަލުވުން އޮންނާނީ މާދަމާ ރޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މި ބައްދަލުވުމަށް ސެނެޓުގެ ހުރިހާ މެމްބަރުންނަށް ވެސް މިހާރު ވަނީ ދައުވަތު ފޮނުވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާރޭގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބާއި މެދު ގޮތެއް ނިންމުމެވެ.  

މީގެކުރިން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީން ބުނެފައި ވަނީ މަޖިލީސް އިންތިހަބުގައި ވާދަކުރާނީ ދެ ޕާޓީން އެއްކޮށް ކަމަށެވެ. ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމެރީ ޖެނުއަރީ މަހުގެ 20 ގައި ބާއްވަންވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް