ދިޕިކާ އޭނާގެ ބިއުޓީ ޕްރޮޑަކްޓުތައް ވިއްކަބީ 2500 ރުޕީޒްއިން ފަށައިގެންނެވެ. އަދި 2500 ރުފީޒްއަށް ވެސް ލިބެނީ ކުޑައެތިކޮޅެއްކަމަށް ކަމަށްބުނެ ގިނަބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.
"2500 ރުފީޒްއަށްވެސް އަޅުގަނޑު މި ވިއްކަނީ ހަމަ އަޅުގަޑުވެސް ބޭނުންކުރާ ޕްރޮޑަކްޓުތައް. މީގެ ކުރިންވެސް ޕްރޮޑަކްޓުތައް ކުރިއަރާފައި ހުރީ މިގޮތަށް. އަގަށް ބަދަލެއް ނުގެންނާނަން،" ފާޑުކިއުންތަކަށް ރައްދު ދެމުން ދިޕިކާ ބުންޏެވެ.
ދިޕިކާއަށް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ ފާޑުކިއުން އަމާޒުވެފައެވެ. އައީ އޭނާ ރަންވީރު ކަޕޫރާ ރައްޓެހިވެގެން ހުރެ އެހެން ފިރިހެނުންނާ ވެސް ގުޅުން ބޭއްވިކަމަށް ބުނުމުންނެވެ.