ads
ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން - ފޮޓޯ:ދިރާގު
ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް ދިރާގު
މޯލްޑިވްސް މީޑިއާ ކައުންސިލުގެ "ނޫސްވެރިކަމުގެ އިނާމު" ގެ މެއިން ޕާޓްނަރަކަށް ސޮއިކޮށްފި އެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަފުލާގައި 12 ކެޓެގަރީއަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެ އެވެ. އަދި ހަފުލާގެ އެންމެ ޝަރަފުވެރި އެ ވޯޑު "ޖާނަލިސްޓް އޮފްދަ އިޔާ" އެވޯޑު ދޭނެ އެވެ. މި އެވޯޑަކީ ވޯޓާސް އެސްއެމްއެސްއަށް ބަލައިގެން ދޭ އެވޯޑެކެވެ. އެވޯޑަށް ނޮމިނޭޓްވެފައިވާ ނޫސްވެރިންނަކީ:

  • އަލީ ޔާމީން - ވަން އޮންލައިން
  • އަހުމަދު ނާއިފް - ދައުރު
  • އާސިމާ ނިޒާރު - މިހާރު
  • ލައިސާ އަހުމަދު - ރާއްޖެ ޓީވީ

އެމްއެމްސީން ކޮންމެ އަަހަރަކުވެސް މި އެވޯޑު ހަފުލާ އަންނަނީ ބާއްވަމުންނެވެ. މި ފަދަ ހަފުލާއެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ ނޫސްވެރިން ކުރާ މުހިންމު މަސައްކަތުގެ އަގުވަޒަަންކޮށް، އިނާމު ދީ އެކަން ފާހަގަ ކުރުމެވެ. އެގޮތުން އެވޯޑު ދޭ ކެޓަގަރީތަކުގެ ތެރޭގައި ޕްރިންޓް، ބްރޯޑްކާސްޓް އަދި ޑިޖިޓަލް ނޫސްވެރިކަމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފީޗާ ރިޕޯޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ އިތުރުން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ރިޕޯޓިން ފަދަ ކެޓަގަރީތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް