ads
އެތްލީޓުންގެ ފޯރަމްގެ ތެރެއިން
ފުރަތަމަ ފަހަރަށް އެތްލީޓުންގެ ފޯރަމެއް
ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ހުރި ފުރުސަތުތަކާއި، އެތުލީޓުންނާ ގުޅުން ހުރި ކަންކަން ހިއްސާކުރުމަށް ފުރަތަމަ ފަހަރަށް، އެތްލީޓުންނަށް ހާއްސަ ފޯރަމެއް ފަށައިފިއެވެ.

އެތުލީޓްސް ފޯރަމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެތުލީޓްސް ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ފޯރަމްގައި އެމްއޯސީގައި ރަޖިސްޓްރީކޮށްފައިވާ 17 ކުޅިވަރު އެސޯސިއޭޝަނަކުން އެތުލީޓުން އަންނަނީ ބައިވެރިވަމުންނެވެ. ފޯރަމް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.

ފޯރަމްގެ އޯޕަނިން ސެޝަންގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން އެމްއޯސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ސެޝަންގައި މިނިސްޓާރު އަބްދުﷲ ރާފިއުއާ ސުވާލުކޮށް ކަންކަން އޮޅުންފިލުވުމަށް އެތުލީޓުންނަށް ފުރުސަތު ލިބުނެވެ.

މި ފޯރަމް އަކީ އެމްއޯސީގެ އެތުލީޓްސް ކޮމިޝަނުން އިސްނަގައިގެން އެތުލީޓުންނަށް ބާއްވާ ފުރަތަމަ ފޯރަމް އެވެ. އެމްއޯސީގެ އެތުލީޓްސް ކޮމިޝަން ވުޖޫދުވެގެން އައީ 2021ގެ ޑިސެމްބަރުގަ އެވެ. 2012 އިން ފެށިގެން ކުޅިވަރުތަކުގެ ގައުމީ ޓީމްތަކަށް ކުޅެފައިވާ ކުޅުންތެރިންގެ ވޯޓުން ހޮވި އެތުލީޓްސް ކޮމިޝަންގެ ޗެއާ އަކީ ގައުމީ ބާސްކެޓްބޯޅަ ޓީމްގެ ކެޕްޓަން އަހުމަދު ޒަބީރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް