މިރޭ ކުރިއަށްދިޔަ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އިސްވެ ހުންނެވީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާއެވެ.
އަދި ޕީއެންސީގެ ފަރާތުން ސަރުކާރުގެ މިނިސްޓަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބަައިވެރިވަޑައިގަތެވެ.
މަޝްވަރާ އާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ތިއްބެވީ ކައުންސިލުން ނަގާފައިވާ ކޮމިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން ތިއްބެވީ:
ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު