ads
ހުޅުމާލެ ހައިވޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އެހީތެރިވަނީ - ފޮޓޯ:ސީއެންއެމް
ހައިވޭގައި ހިނގި އެކްސިޑެންޓުގައި 2 މީހަކަށް އަނިޔާ ވެއްޖެ
ހުޅުމާލެއަށް ދާ ހައިވޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ހުޅުމާލެއަށް ދާ ހައިވޭގައި ބެންޑް ސަރަހައްދުގައި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މަންޒަރުދުށް މީހަކު ބުނި ގޮތުގައި ބާރު ސްޕީޑުގައި ދިޔަ ދެ ސައިކަލް އެކްސިޑެންޓްވި ތަން ނުފެނުނު ނަމަވެސް ދެ ސައިކަލް ޖެހުނު އަޑު ވަރަށް ބާރަށް އިވުނު ކަމުގަ އެވެ.

އަނިޔާވި މީހުންގެ މައުލޫމާތާއި އަދި އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. މި އެކްސިޑެންޓާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ނުލިބެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް