ads
އިންޑިއާގެ ސަފީރު މުނޫ މަހާވަރު، މަޖިލީހުގެ ރައީސް އަސްލަމް އާ ބައްދަލުކުރެއްވުން --- ފޮޓޯ: މަޖިލިސް
އިންޑިއާގެ ސަފީރު މުނޫ މަހާވަރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް އަސްލަމް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތަކަށް އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް އަސްލަމް ޝުކުރު އަދާކުރެއްވި އެވެ. 

މީގެ އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދެއްވާ އެހީއާއި ތަމްރީނުގެ ފުރުސަތުތައް އަސްލަމް ފާހަގަކުރެއްވިއެވެ. 

އަދި ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް، ލޮކް ސަބާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެގައުމުން އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު މަސައްކަތްތަކުގައި ބައިވެރިވެ ރާއްޖެއަށް އެހީތެރިވެދޭނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވާފައިވާއިރު، އަސްލަމް އިއްޔެ ވަނީ ޗައިނާއިން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ބައްދަލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް