ads
ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލް، ރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުން- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލާއެކު މަޝްވަރާތަކެއް
ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ހަލީލް، ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ މެންބަރުންނާއެކު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ރައީސް އޮފީހުގެ ފަރާތުން ވަނީ ބްރޯޑްކޮމް އަދި މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި، އެ ދާއިރާ ގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. 

އެގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ ލީގަލް ރީފޯމް ހުއްޓިފައިވާކަން ފާހަގަކުރައްވާފައެވެ. 

އަދި ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ބްރޯޑްކޮމް، މީޑިއާ ކައުންސިލްގެ މެންބަރުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވަޢުދާއި، މީޑިއާގެ އިލްމީ ޖީލެއް ބިނާކުރުމަށާއި، މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ވެވެޑައިގެންނެވި ވައުދަށް މަރުހަބާ ކިޔުއްވައި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަަވާލުވެވަޑައިގެންނެވިތާ 10 ދުވަހުގެ ތެރޭގައި ރައީސް އޮފީހުން ރާއްޖޭގެ މީޑިއާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަވާކަމާށް އެ އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް