ads
ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ސައިޓް މޮބިލައިޒްކޮށްފައި - ފޮޓޯ:އެމްޓީސީސީ
އަގު ބޮޑުކޮށް ހިލަ ގަންނަން އުޅުނު ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދެފި
ޓަނަކުން 11 ޑޮލަރު ބޮޑުކޮށް ހިލަ ގަންނަން އުޅުނު ކަމަށް ބުނެ ފަތުރާފައިވާ މައުލޫމާތަކީ ހަގީގަތެއް ނެތް ދޮގުވާހަކަތަކެއް ކަމަށް ބުނެ އެމައްސަލަ ތަހުގީގުކޮށް އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެމްޓީސީސީން އޭސީސީގައި އެދެފި އެވެ.
Advertisement

މިދިޔަ ހޯމަ ދުވަހު ނޫހަކުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ އެމްޓީސީސީ އިން މާކެޓު ރޭޓަށްވުރެ ޓަނަކުން 11 ޑޮލަރު ބޮޑުކޮށް އެ ކުންފުންޏަށް ބޮޑުހިލަ ޝިޕްމަންޓެއް ގަންނަން އުޅޭކަން ފަޅާއަރައިފައިވާ ކަމަށް ބުނެ މައުލޫމާތު ފަތުރާފަ އެވެ. 

ނަމަވެސް މިކަން ދޮގުކޮށް އެމްޓީސީސީން ރޭގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްޓީސީސީއިން ބުނެފައިވަނީ އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫތަކަށް ބޭނުންވާ ތަކެއްޗާއި އަދި ކުންފުނީގެ އެކި ބޭނުންތަކަށް ގެނެވޭ މުދަލުގެ މުއާމަލާތަކީ ކުންފުނީގެ ބޯޑުން ފާސްކޮއްފައިވާ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެއްގޮތަށް ކުރިއަށް ގެންދާ މުއާމަލާއްތެއްކަމަށެވެ. އަދި މިފަދަ މުއާމަލާތްތަކުގެ ހުއްދަ ދިނުމަށް ވެސް ވާނީ އެކިމަރުލާތަކުގައި ހުއްދަ ދިނުމަށް ގިންތި ކަނޑައަޅާ ޑޮކިއުމެންޓް ކުރެވިފައިވާނެ ކަމަށެވެ. 

އެމްޓީސީއިން ވަނީ މިކަން ތުހުމަތުކޮށް ދިނުމަށާއި އެ ނޫހުން ދައްކާފައިވާ ވާހަކަތަކުގެ ތެދުދޮގު ހާމަކޮށް ދިނުމަށް އެދިފަ އެވެ. އަދި އެ މައުލޫމާތު ހާމަކުރި ނޫހުން ކޮށްފައި އެވަނީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ބުނެފަ އެވެ. 

"ނޫހުން ފަތުރާފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް. އެކަން ބަލައިދީ ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާބިތު ކޮށްދީ. ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނަން،" އެމްޓީސީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.  

އެމަޓީސީސީއިން ބުނީ އެ ކުންފުނިން އަބަދުވެސް އިސްކޮށްފައިވާނީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު ކަމަށެވެ. މީގެ އިތުރުން އެމްޓީސީސީ އިން ބުނީ މިފަދަ އަމަލުތަކުގެ މަގްސަދަކީ ޒާތީ ތައައްސަބު އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ މަގްސަދުގައި ހިންގާ އަމަލުތަކެއް ކަމަށެވެ. 

މީގެ އިތުރުން އެމްޓީސީސީ އިން ވަނީ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮންނަ އިތުބާރު ގެއްލޭގޮތަށް ހަގީގަތާ ހިލާފް ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެމްޓީސީސީން ބޮޑު އަގުގައި ހިލަ ގަންނަން އުޅުނު ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެ ކުންފުނިން އޭސީސީގައި އެދިފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ ގަރާރެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣްނީ ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު، މުޣުނީގެ ގަރާރުގައި ބުނެފައިވަނީ، އެމްޑީޕީ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް