ads
އެވަޓަންގެ 10 ޕޮއިންޓްވަނީ އުނިކޮށްފައި
އެވަޓަންގެ ޕޮއިންޓް ކެނޑި މައްސަލަ އެޕީލް ކުރަނީ
ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވުމުން، އެވަޓަންގެ 10 ޕޮއިންޓް އުނިކުރި މައްސަލަ އެޕީލް ކުރަން އެ ކްލަބުން ތައްޔާރުވެއްޖެއެވެ.

ފައިނޭންޝަލް ފެއާ ޕްލޭއަކީ ފުޓްބޯޅަ ކްލަބްތައް ހަރަދުކުރުމަށް ހަދާފައިވާ މާލީ ގަވާއިދެވެ. މި ގަވާއިދުގައިވާ ގޮތުން ތިން އަހަރު ތެރޭ ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް ވެސް ގެއްލުމުގެ ގޮތުގައި، 105 މިލިއަން ޕައުންޑް (130 މިލިއަން ޑޮލަރު) ހިމެނޭނެ އެވެ.

އެވަޓަން އިން މާލީ އުސޫލާ ހިލާފުވެފައިވާ ކަމަށް މިދިޔަ މާޗް މަހު، ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލަ ބަލަން އެކުލަވާލި މިނިވަން ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވަނީ އެވަޓަންގެ ގެއްލުން 124 މިލިއަން ޕައުންޑް (154 މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ. އެހެންވެ، ލީގުން ނިންމީ އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމަށެވެ. އެވަޓަންގެ ޕޮއިންޓް އުނިކުރަން ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ މައްސަލަ އެ ކްލަބުން އަންނަ ހުކުރު ދުވަހު އެޕީލް ކުރަން މިހާރުވަނީ ތައްޔާރުވެފައެވެ.

އެވަޓަންއިން 10 ޕޮއިންޓް އުނިކުރުމާއެކު އެ ޓީމުވަނީ ޓޭބަލްގެ ފުލަށް ސޮއްސާލައިފައެވެ. އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމާ ގުޅިގެން، އެ ޓީމު ވަނީ ލީގުގެ 19 ވަނަ އަށް ވެއްޓިފަ އެވެ. މިއީ، މިހާތަނަށް މި ފަދަ މައްސަލައެއްގައި ޕްރިމިއާ ލީގުގެ ޓީމަކަށް އެޅި އެންމެ ބޮޑު ފިޔަވަޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް