ads
ބޮޑުތަކުރުފާނު މަގު: ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައި - ފޮޓޯ:ރާއްޖެއެމްވީ
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކު ވެންޓިލޭޓަރުގައި
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ރޭ 11:26 ހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ވިލާ ކޮލެޖް ކައިރިން ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަނިޔާވެފައި ވަނީ ދެ ސައިކަލް ތިބި މީހުންނަށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމުގަ އެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ ފަރުވާދެމުން އަންނަނީ ދެ ފިރެހެނަކަށާއި އަންހެނަކަށް ކަމަށާއި އެ ތިން މީހުންގެ ހާލުވެސް ސީރިއަސް ކަމަށެވެ.

މައުލޫމާތު ލިބޭގޮތުން އެކްސިޑެންޓުގައި އަނިޔާވި ދެ ފިރެހެނުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

އެކްސިޑެންޓް ހިނގި ދެ އުޅަނދަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް